ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރަމް ފަށައިފި
ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރަމް ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް އިއްޔެ ފުވައްމުލަކު ސިޓީއިން ފެށިއިރު 14ބައިވެރިން ޕްރޮގްރާމްގައި ބައިވެރިވި ކަމަށެވެ.
އޭގެއިތުރުން މި ތަމްރީނުގެ ދެވަނަ ބުރު ގދ. ފިޔޯރީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް ބުންޏެވެ.
އެ ތަމްރީން ޕްރޮގްރަމް ބޭއްވުމުގެ މަގްސަދަކީ އާބަވަތެއްގެ މަސްވެރިކަން ތައާރަފް ކުރުމާއި ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ތުތިބޯވަދިލަ މަސްވެރިކަން ރާއްޖެއަށް ތައާރަފްކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.