ޓަވަރަކުން ވެއްޓުނު ބިދޭސީ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރ. ފުށްގިރީގައި ހުންނަ 25ފޫޓުގެ ޓަވަރަކުން ވެއްޓުނު ބިދޭސީ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެެވެ.
މިދިޔަ އާދިއްތަ ދުވަހު ހިނގި އެ ހާދިސާގައި އަނިޔާވީ އިންޑިއާއަށް ނިސްބަތްވާ 26އަހަރުގެ ފިރިހެނެެކެވެ. އަދި އެ ހާދިސާއާ ގުޅިގެން ފުރަތަމަ ފަރުވާ ދެމުންދިޔައީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު "ދެން"އަށް ވިދާޅުވީ ބިދޭސީ މީހާ މިހާރު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ އެ މީހާގެ ހަށިގަނޑުގެ އެކި ތަންތަން ބިންދައިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް މާލެ ފޮނުވި އިރު ހާލު ސްޓޭބަލް ކަމަށެވެ.
"އަޅުގަނޑުމެން އައިޖީއެމްއެޗްއަށް ރިފާ ކުރީ"އޮފިޝަލު ވިދާޅުވިއެވެ.
އެ މައްސަލަ މިހާރު ފުލުހުން ވެސް ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.