Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާރާމާރީ ހިންގައިގެން 50 އަހަރުން މަތީގެ މީހަކު ހައްޔަރުކޮށްފި

މާރާމާރީ ހިންގައިގެން 50 އަހަރުން މަތީގެ މީހަކު ހައްޔަރުކޮށްފި

މާރާމާރީ ހިންގައިގެން 50އަހަރުން މަތީގެ މީހަކު ހައްުޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މިނީގާޑަން/މާލެ، ހަސަން ޔާސިރު (54އ)އެވެ.

އެ މައްސަލައިގައި އޭނާ ކުރިއަށްދާން ބޭނުންވާތީ ވަކީލަކާއެކު ކަމަށް ބުނާތީ ކްރިމިނަލް ކޯޓުން ވަނީ އޭނާ ދެ ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

ބަންދު އަމުރުގައި  ބުނެފައިވާ ގޮތުން ކުށުގެ އަމަލު ހިންގާފައިވާ ގޮތަށް ބަލާލާއިރު މުޖުތަމައުއަށް ނުރައްކާ އޮތް ކަމުގެ ފުރުސަތު އެބަ އޮތެވެ.

އަދި ޔާސިރުއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ވެސް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތައް ވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް