ޚަބަރު

38ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ ކިޔެވުންތައް ނިންމާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
38ވަނަ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ފައިނަލް ބުރުގެ ތެރެއިން / ފޮޓޯ: ޤުރުއާނާ ބެހޭ މަރުކަޒު

އަލަށް ގެނެވުނު ބަދަލުތަކަކާ އެކު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފެށި 38ވަނަ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ފައިނަލް ބުރުގެ ކިޔެވުންތައް، ކިންގް ސަލްމާން މިސްކިތުގައި މިދިޔަ ބުރާސްފަތި ދުވަހު ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މި ހިނގާ މަހުގެ 10ވަނަ ދުވަހު އިފްތިތާޙުކުރި މި މުބާރާތުގެ އެންމެ ފަހުގެ މަރުޙަލާގެ ކިޔެވުންތައް މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ފައިނަލަށް ހޮވުނު 140 ބައިވެރިންގެ ތެރެއިން 138 ދަރިވަރުން ވަނީ މުބާރާތުގައި އަމަލީގޮތުން ކިޔަވާފައެވެ. ސެމީ ފައިނަލްގައި ވާދަކޮށްފައި ވަނީ 379 ބައިވެރިންނެވެ.

މި ފަހަރުގެ މުބާރާތް ފާހަގަކުރެވިފައި ވަނީ އޮނިގަނޑަށް ހެޔޮ ބަދަލުތަކެއް ގެނެވި، ގިނަ ބަޔަކަށް ފުރުސަތު ދެވިގެންދިޔަ މުބާރާތެއްގެ ގޮތުގައެވެ. އެގޮތުން، މާލޭގެ އިތުރުން ރާއްޖޭގެ 20 ސަރަހައްދެއްގައި ބޭއްވުނު އޮޑިޝަންތަކުގައި 2،742 މީހުން ބައިވެރިވެފައިވެއެވެ.

މިފަދަ މުބާރާތްތަކުގެ ފެންވަރު މަތިކޮށް، ގައުމީ ފެންވަރުގައި ޤުރްއާނަށް ދެވޭ ގަދަރު އުފުލައި ޝަރަފުވެރި މުބާރާތަކަށް މި މުބާރާތް ހެދުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.