ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ދައުރުކޮށްފައިވޭ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިދިޔަ މަހު އެއްވަނަ ދުވަހު ހައްޔަރުކުރި މީހެއްގެ އަކައުންޓުން ގިނަ އަދަދެއްގެ ފައިސާ ދައުރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ޏ. ފުވައްމުލައް / ހޯދަޑު.މަނާގެ، ޒަޔާން އަބްދުއްލަތީފް (22އ)ހައްޔަރުކުރީ މާލޭގެ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 20.78ގުރާމުގެ ތަކެތި ފެނިގެންނެވެ.

އެ މައްސަލައިގައި އޭނާގެ ބަންދު އެތައް ފަހަރަކު އިތުރުކޮށްފައިވާ އިރު ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާގެ ބަންދަށް އިތުރު 30ދުވަސް ވަނީ ޖަހައިފައެވެ.

ފުލުހުން ބަންދުގެ މަޖިލީހުގައި ވަނީ ޒަޔާންގެ އެކައުންޓްގައި ގިނަ އަދަދެއްގެ ފައިސާ ދައުރުކޮށްފައިވާކަމަށް ބުނެފައެވެ. އެ ފައިސާތަކާ ގުޅިގެން ފުލުހުންގެ ތަހުގީގުގައި ތަފްސީލުތައް ކިޔައިދީފައިވާނެކަމަށް ވެސް ޒަޔާން ވަނީ ބުނެފައެވެ.

ނަމަވެސް ޒަޔާންގެ އެކައުންޓްގައި ދައުުރުވީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ދަނީ ޒަޔާންގެ ސައިކޮލޮޖިކަލް އެސެސްމަންޓެއްވެސް މިހާރު ހަދަމުންނެވެ.