ވައިގެ މަގުން ފުވައްމުލަކަށް ޑުރަގު އެތެރެކުރަން އުޅުނު 57 އަހަރުގެ މީހަކު ހައްޔަރަށް
ވައިގެމަގުން ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި 57 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މިސްކިތްމަގު. ކިނާރާ / ޏ. ފުވައްމުލައް، ޢަބްދުﷲ މުޙައްމަދު (57އ) ކަމަށެވެ.
މި މަހުގެ 20ވަނަ ދުވަހު ފުވައްމުލައް ސިޓީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ފުވައްމުލައް ސިޓީ އެއާޕޯޓު ތެރެއިން ޢަބްދުﷲ މުޙައްމަދު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ކޮތަޅުތަކެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 68 ގުރާމު ހުންނާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.