ޚަބަރު

ގައުމީ ޤުރުއާން މުބާރާތުގެ ރަންވަނަތައް އިޒުއާން، އަޔާން އަދި ޒީކް ހޯދައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ގައުމީ 38 ވަނަ ޤުރުއާން މުބާރާތުގެ ރަންވަނަތައް އިޒުއާން، އަޔާން އަދި ޒީކް، ރައީސް މުއިއްޒު އަދި އިސްލާމިކް މިނިސްޓަރާއެކު

ކީރިތި ޤުރުއާން ކިޔެވުމުގެ 38ވަނަ ޤައުމީ މުބާރާތުގެ ފަހުރުވެރި ރަންވަނަތައް އިސްމާއިލް އިޒުއާން އިބްރާހީމް، އާޔަން އަހުމަދު އިނާން އަދި ޢާއިޝަތު ޒީކް ރިޔާޒްއަށް ލިބިއްޖެއެވެ.

ހާފިޒުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ހާސިލުކުރި އިސްމާއީލް އިޒުއާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ހާސިލުކުރީ އާއިޝަތު ޒީކް ރިޔާޒްއެވެ. އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރީ އާޔަން އަހުމަދު އިނާންއެވެ.

ރޭ ބޭއްވި ހާއްސަ ހަފްލާފައި ވަނީ އެ މުބާރަތުން ރަން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އަގުހުރި އިނާމުތަކެއް ދީފައި ވެއެވެ.

އޭގެ ތެރޭގައި.

  • ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމް.
  • ރައީސުލްޖުމްހޫރިއްޔާދެއްވާ ހާއްސަ އިނާމުތައް.
  • ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ހާއްސަ ސްކޮލާޝިޕް.
  • ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމީ ވަގުފު ފަންޑު ހިމެނޭހެން އިސްލާމިކް މިނިސްޓްރީންދޭ 75ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން.
  • ޓްރޮފީއާއި އަދި މޯލްވިސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެވުނު އުމްރާ ދަތުރު.