ދުނިޔެ

އިންޑިއާގެ ހަތިޔާރުތައް އެއް ވިއުގައަކުން ގުޅާލުމުގެ މުހިންމުކަން

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އިންޑިއާގެ އަސްކަރިއްޔާގައި ގިނަގުނަ ހަތިޔާރުތައް ހުރި ނަމަވެސް، މިއަދު އެ ގައުމަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ އެ ހުރިހާ ވަސީލަތްތަކެއް ގުޅުވާލަދޭނެ ވަރުގަދަ ނެޓްވޯކެކެވެ. ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިންޑިއާގެ އަސްކަރީ ބާރުތައް އެއް ނިޒާމެއްގެ ދަށަށް ގެނެސް، ހަލުވިކަމާއެކު ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ އެއްބައިވަންތަ ވިއުގައެއް ގާއިމުކުރުން ނިއުދިއްލީއަށް މިހާރު ވަނީ މަޖުބޫރުވެފައެވެ.

ފާއިތުވި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ނިއުދިއްލީގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ޕެރޭޑުގެ ތެރެއިން، އިންޑިއާގެ އަސްކަރިއްޔާގެ 'އަރްޖުން މާކް-1' މެއިން ބެޓްލް ޓޭންކުތައް (އެމް.ބީ.ޓީ) ވަނީ ދައްކާލާފައެވެ. (ފޮޓޯ: ރޮއިޓަރސް)

މި ލިޔުމަކީ ނިއުދިއްލީގައި މަސައްކަތްކުރައްވާ ދިފާއީ ޓެކްނޮލޮޖީގެ ތަޖުރިބާކާރެއް ކަމަށްވާ އަބީޝެކް ތައްޔާރުކުރައްވާފައިވާ ލިޔުމެކެވެ.