މެލޭޝިއާ އެކްސިޑެންޓް؛ ޑްރައިވަރު މެތުއަށް ޕޮޒިޓިވް
ރޭ މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޓެކްސީ ދުއްވި ކާރު ޑްރައިވަރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތުއަށް ޕޮޒިޓިވްވެފައިވާކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.
އެ ހާދިސާގައި މެލޭޝިއާގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރު އާމިނާ އިމީލީ ނާޒިމް ވަނީ ނިޔާވެފައެވެ.
ސުބަންގް ޖާޔާ ޑިސްޓްރިކްޓް ޕޮލިސްގެ އެސިސްޓެންޓް ކޮމިޝަނަރު ވަން އަޒްލާންއާ ހަވާލާ ދެއްވައި މެލޭޝިއާގެ ނޫސްތަކުން އެކްސިޑެންޓްއާ ގުޅިގެން ދެ ކާރު ޑްރައިވަރުގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރި ކަމަށައި އަދި ދަރިވަރުން އިން ޓެކްސީގެ ޑްރައިވަރު މެތުއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ޑްރައިވަރު މިހާރު ވަނީ ހަތަރު ދުވަހަށް ބަންދުވެސްކޮށްފައެވެ. ރޭ އެ އެކްސިޑެންޓް ހިނގީ ޓެކްސީ ކޮންޓްރޯލް ނުވެ ގޮސް އެހެން ކާރަކަށް މުޑި އަރައިގެންނެވެ.
އެކްސިޑެންޓްގައި ޓެކްސީގައި އިން އެހެން ދިވެއްސަކަަށް ވެސް ވަނީ ކުދިކުދި އަނިޔާފައެވެ.
