އުތުރު ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
އުތުރު ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފިރިހެނަކު އޭނާގެ 13 އަަހަރުގެ ފިރހެން ކޮއްކޮއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން ފުލުހުންގެ މީޑީއާ ގްރޫޕްގައި ނޫސްވެރިއަކު ސުވާލުކުރުމުން ފުލުހުން ވަނީ އެ މައްސަލަ ބަލަމުންދާކަން ޔަގީންކޮށްދީފައެވެ. އެކަމަކު އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލައަކަށް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާތީ އެފަދަ މައްސަލަތަކުގައި އެކަން ހިނގި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖެއިން ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.
