ޚަބަރު

އަމާން އުދަރެސް 8ވަނަ ޓަވަރުން 20 އަހަރުގެ ޒުވާނަކު ވެއްޓިއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އެފްޑީސީގެ ފްލެޓުތަކެއް--

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސް 8ވަނަ ޓަވަރުން 20 އަހަރުގެ ޒުވާނަކު ވެއްޓިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 2026 އޮކްޓޫބަރު 6ވަނަ ދުވަހުގެ 14:26 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ވެއްޓިފައި ވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ވެއްޓިފައިވާ ކަމަށް ބެލެވެނީ އެ އިމާރާތުގެ 15ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިހާދިސާގައި ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!