ސްޓޭޖުމަތީ މިއުޒިކު ކުޅެން ހުއްޓާ މަރު ނުގެންދެވި ކަމީ ﷲގެ ރަހުމަތެއް: އަލީ ރަމީޒު

ސްޓޭޖުމަތީގައި މިއުޒިކު ކުޅެން ހުއްޓާ އޭނާގެ މަރު ނުގެންދެވި ކަމީ ﷲ ، ޢަލީ ރަމީޒަށް ލެއްވި ރަހުމަތެއް ކަމުގައި އޭނާ ބުނެފިއެވެ.
ލަވަކިޔުމުގެ ދާއިރާއިން އެތައް ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދާ ، މީގެ އެތައް އަހަރެއް ކުރިން ލަވަކިޔުމާ މިއުޒިކް ދޫކޮށްލާފައިވާ އަލީ ރަމީޒު މިހެން ބުނީ ހދ. ނޮޅިވަރަމްގެ ރައްޔިތުންނާ އޮންލައިންކޮށް ބައްދަލުކޮށް، ދެއްކި ވާހަކައިގައެވެ. "ޢަލީ ރަމީޒާއި އެކު" ނަމުގައި ކުރިއަށް ގެންދިޔަ މި އިވެންޓަކީ ޖަމްޢިއްޔަތުއްސަލަފާއި ނޮޅިވަރަމްގެ ދީނީ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުއް ރިސާލާ ގުޅިގެން ކުރިޔަށް ގެންދިޔަ ދީނީ ހަރަކާތެކެވެ.
އެގޮތުން އަލީ ރަމީޒު ދެއްކި ވާހަކައިގައި ބުނީ އެ ދުވަހު މިއުޒިކު ކުޅެން އޭނާ ސްޓޭޖުމަތީގައި ހުއްޓާ ﷲ އޭނާގެ މަރު ނުގެންދެވި ކަމީ އޭނާއަށް ލެއްވި ރަހުމަތެއް ކަމަށާއި އެކަމަށްޓަކައި އޭނާ ﷲ އަށް ހަމްދު ކުރާ ކަމަށެވެ.

މީގެ އިތުރުން އޭނާ މިއުޒިކީ ހަޔާތުގެ ގިނަ ކަންކަން އަލީ ރަމީޒު ހިއްސާ ކުރިއިރު، މިއުޒިކާއި ލަވައިން ދުރުވި ސަބަބާއި އޭގެފަހުން އޭނާއަށް ލިބިގެންދިޔަ ހިތްހަމަޖެހުމާއި އުފާވެރިކަން ވެސް އަލީ ރަމީޒު ވަނީ އާންމުންނާ ހިއްސާ ކޮށްފައެވެ.
ހަމައެހެންމެ އާންމުން ކުރި ސުވާލުތަކަށް ވެސް ޖަވާބު ދީފައިވާއިރު، ނިންމާލަމުން އަލީ ރަމީޒު ވަނީ ލަވަ އާ މިއުޒިކާ ދުރުވުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ.
ވަރަށް އުފާވޭ އަސްލު އަލީރަމީޒު ގެ ބިހޭވިޔާ އާމެދު.
އަލްޙަމްދު ލިއްލާހި
ޝުކުރިއްޔާ އަލީރަމީޒަށް
ހެޔޮނިޔަތުގަ ކުރެއްވި ކަމެއްނަމަ އައްޔަ އަށް ހެޔޮ ދަރުމަ ހުރި. ނަމަވެސް ތިޔަ ރީތި އަޑު ފުޅުން އިއްވަވާދެއްވާފައިވާ ޅެންތަކާ ރާގުތަކަކީ ދިރިހުރި ނިޝާނެއް.. ސުކުރިއްޔާ
އަލީރަމީޒް ބިން ޤާސިމް.
ފޮނި ވާހަކަ ދައްކައި ދެއްކުންތެރިކަން އިސްކުރުމަކީ ދީނުގައި އޮންނަ ގޮތެްް ނޫން