ޚަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އަފީފް--

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން، މއ. ވޭސައިޑް 304ފްލެޓް، މުހައްމަދު އަފީފް ހުސެއިން މިއަދުން ފެށިގެން  ވަކިކޮށްފައިވާ ކަމަށެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެ ނިންމުން ނިންމިއިރު ފެނަކަ ކުންފުނި އުވާލަން ސަރުކާރުން އޮތީ ނިންމައިފައެވެ.

ފެނަކަ އުވާލަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ.

އަފީފްްއަކީ މި ސަރުކާރުގައި ފެނަކައިގެ ތިން ވަނަ އެމްޑީއެވެ.

Ads by HDC