Sunday, 8 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދިވެހި ލިޔުންތެރިކަމަށް ހުރި ހުރަސްތައް ނައްތާލުމަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި

ދިވެހި ލިޔުންތެރިކަމަށް ހުރި ހުރަސްތައް ނައްތާލުމަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި

ދިވެހިރާއްޖޭގައި ލިޔުންތެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހުރި ހުރަސްތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމުގެ މަޤުޞަދުގައި، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އިއްޔެ ވުޒާރާގެ "އިސްވަރު" ހޯލުގައި ރާއްޖޭގެ ފުންނާބުއުސް އަދި ޒުވާން ލިޔުންތެރިންނާ ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، އަދަބީ މި މުހިންމު ފަންނަކީ އެ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އަދި ލިޔުންތެރިންގެ ޝަކުވާތަކާއި ޚިޔާލުތައް އޮޅުންފިލުއްވުމަށް ފަހު، އެ ފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލުތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދުގެ އިތުރުން ރާއްޖޭގެ ނަންމަޝްހޫރު އަދީބުން ކަމަށްވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ފަދަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި މަޖިލީހުގައި، ލިޔުންތެރިކަމުގެ މައިދާނަށް އައު ޖީލުތައް ނެރުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ. ޚާއްޞަކޮށް ޒުވާނުން މި ފަންނަށް އަހުލުވެރިކުރުވުމަށްޓަކައި ކުރެވިދާނެ ކަންކަމާ މެދު ބައިވެރިންގެ މެދުގައި ވަނީ މުހިންމު ޚިޔާލުބަދަލުކުރުންތަކެއް ކުރިއަށްގޮސްފައެވެ.

Advertisement
Ooredoo — Square (box)

އަލަށް މި ފަންނަށް ނުކުންނަ ޒުވާނުން ވެސް ބައިވެރިވި މި ބައްދަލުވުން ނިމިގެންދިޔައީ ޚާއްޞަ ހަދިޔާއަކާ އެކުގައެވެ. އެގޮތުން، އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން ތަޢުލީފުކުރައްވާފައިވާ "އިސްލާމީ ސާސްތުރައިގެ ބައެއް މަލަ" އަދި މަރުޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ޛިކުރާ އާކުރުމުގެ ގޮތުން ލިޔުއްވާފައިވާ "ޙަމީދުގެ ހަނދާނުގައި"، މި ދެ ފޮތް ވަނީ ވަޒީރު ހީނާ ވަލީދަށް ވެދުމަށް އަރުވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް