Thursday, 12 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޕެންޝަން ފަންޑު 60 ބިލިއަން ރުފިޔާއަށް އިތުރުކުރަނީ

ޕެންޝަން ފަންޑު 60 ބިލިއަން ރުފިޔާއަށް އިތުރުކުރަނީ

މެންބަރުންނަށް ލިބޭ ނަފާ އިތުރުކުރުމުގެ މަޤްޞަދުގައި ރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ފަންޑުގެ މިންވަރު ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދެގުނައަށް ބޮޑުކޮށް، 60 ބިލިއަން ރުފިޔާއަށް އެރުވުމަކީ އެންމެ ބޮޑު އެއް އަމާޒުކަން ޕެންޝަން އޮފީހުން ހާމަކޮށްފިއެވެ.

ހދ. ހަނިމާދޫގައި ކުރިއަށްދިޔަ މާލީ ހޭލުންތެރިކަމުގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވި ގޮތުގައި، އެ އޮފީހަށް 17 އަހަރު ފުރިފައިވާއިރު އިންވެސްޓްމަންޓްތަކުގެ ފައިދާއާއި މެންބަރުންގެ ޖަމާކުރުންތަކާ އެކު ފަންޑުގެ ޖުމްލަ މިހާރު ހުރީ 30 ބިލިއަން ރުފިޔާގައެވެ. ނަމަވެސް، މުސްތަޤުބަލުގައި އައު އިންވެސްޓްމަންޓް ފުރުޞަތުތައް ހޯދައިގެން، މެންބަރުންނަށް އެންމެ ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަންޑު މެނޭޖުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

ފަންޑު ފުޅާކުރުމުގެ އިތުރުން، ޕެންޝަން ނިޒާމުގެ ތެރެއަށް ވަނުން ޤާނޫނީ ގޮތުން ލާޒިމުވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީނުވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ސްކީމަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާނެކަން ސީއީއޯ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ޤަވާއިދާ އެއްގޮތަށް ޕެންޝަން ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ އަތުން، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ހޯދުމުގެ ޚާއްޞަ މަސައްކަތްތަކެއް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ޕެންޝަން ފަންޑުގެ އަމާޒުތަކާ ގުޅޭ މި މުހިންމު މަޢުލޫމާތުތައް ހިއްސާކުރައްވާފައި ވަނީ އާންމުންގެ މެދުގައި ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުމުގެ އިތުރުން މުސްކުޅިކުރާ ދުވަހަށް ތައްޔާރުވުމަށް ހިތްވަރުދިނުމުގެ ގޮތުން ހަނިމާދޫގައި ބޭއްވި "ތްރީ ޖެނެރޭޝަން ވޯކް" ފެށުމުގެ ރަސްމިއްޔާތުގައެވެ. މި ހަރަކާތަކީ ހަނިމާދޫ ކައުންސިލާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އާންމު ރައްޔިތުންގެ ވަރަށް ފުރިހަމަ އެއްބާރުލުމަކާ އެކު ކުރިއަށްގެންދިޔަ ކާމިޔާބު ހަރަކާތެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.