ޚަބަރު

142 ބްލެޓް ދިރުވާލައިގެން އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

142 ބްލެޓް ދިރުވާލައިގެން އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ، ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ ފަސިންޖަރަކު އަތުލައިގަނެފައި ވަނީ 25 ސެޕްޓެންބަރު 2026ގައި ކަމަށެވެ. އެ ދެ މީހުން މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ އެތަކެތި ދިރުވާލައިގެން، ބަނޑުތެރޭގައި ފޮރުވައިގެން ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މީގެ އިތުރުން ކަސްޓަމްސްއިން ބުނީ، މި ދެމީހުންގެ ހަށިގަނޑުން ޖުމްލަ 142 ބުލެޓްގެ މަސްތުވާތަކެތި ވަނީ ނަގާފައިވާ ކަމަށާއި އޭގެ ތެރޭގައި މައިގަނޑު ތިން ބާވަތެއްގެ ޑްރަގް ހިމެނޭއިރު، އެއީ 51.6 ގްރާމްގެ މޯފިންއާއި، 424 ގްރާމްގެ ކޮކެއިންގެ އިތުރުން 708.2 ގްރާމްގެ ހެރޮއިން ކަމަށެވެ.

މިއޮޕަރޭޝަނުގައި އަތުލައިގަތް މި ހުރިހާ ތަކެތީގެ ޖުމްލަ ބަރުދަނުގައި 1183.8 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން ބުނެއެވެ.

Ads by Ooredoo