ބަނގުރާ ފުޅިތަކާއެކު ހައްޔަރުކުރީ ކަރެކްޝަންސްގެ ކުރީގެ އޮފިސަރެއް
ކ. މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި ، ސަމޭދާން / ހދ. ކުޅުދުއްފުށި، ނަބީހު ޢަބްދުއްރަޝީދު (23އ)އަކީ ކަރެކްޝަންސްގެ ކުރީގެ އޮފިސަރެއްކަން ކަރެކްޝަންސްއިން ޔަގީންކޮށްދީފިއެވެ.
ކޯޓު އަމުރެއްގެ ދަށުން، ނަބީހު ހައްޔަރުކޮށް، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42ފުޅި ބަނގުރާ ފެނިފައިފައިވާ އިރު އޭނާ މިހާރު ހުރީ 15ދުވަހަށް ބަންދުކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ނަބީޙުއަކީ ކަރެކްޝަންސްގެ މުވައްޒަފެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ދައުރުވަމުންދާއިރު ކަރެކްޝަންސްއިން ވަނީ އެ ވާހަަކަތައް ދޮގުކޮށްފައެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭނާ ކަރެކްޝަންސްއިން މީގެ އަހަރެއްހާ ދުވަސްކުރިީ އަހުލާގީ މައްސަލައެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެެއެވެ.
