ހަތަރު މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފި
ހަތަރު މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ފަނޑިޔާރުން ވަނީ ހުވާކޮށްފައެވެ. އެ ބޭފުޅުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދުއެވެ.
އިއްޔެ އައްޔަނުކުރި ފަނޑިޔާރުންނަކީ
- ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ހއ. ހޯރަފުށީ ވާރޭވިލާ، އަލްއުސްތާޛު ފަތުޙުﷲ ޢަލީ
- ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބ. ގޮއިދޫ ލިލީވިލާ، އަލްއުސްތާޛާ ދިޔާނާ މަޖީދު
- ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބ. އޭދަފުށީ ހުސްނުހީނާގެ، އަލްއުސްތާޛު ޙުސައިން ރަމީޒް
- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ޏ. ފުވައްމުލަކު މާދަޑު. ހުމަށި، އަލްއުސްތާޛާ މަރްޔަމް ޢާޞިރާ
އެ ހަތަރު ބޭފުޅުންނަކީ މިދިޔަ އޮގަސްޓު މަހު ޖޭއެސްސީން ކުރި އިއުލާނުގެ ދަށުން ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނެވެ.
