ބޯކޮށް ވާރޭވެހި ފެންބޮޑުވެ ކުޅުދުއްފުށީގެ 190 ގެއަކަށް ފެންވަދެއްޖެ
ރޭ 10:30އިން ފެށިގެން ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެ 190ގެއަކަށް ފެންވަދެއްޖެއެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ)އިން ބުނީ ކުޅުދުއްފުށި ސިޓީއަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މިހާތަނަށް 190އަށްވުރެ ގިނަ ގެއިން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ގޭގޭގެ ހާލަތު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބަލަމުންދާކަން ހާމަކޮށް އެންޑީއެމްއޭއިން ބުނީ ކައުންސިލް، ޕޮލިސް، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސް އަދި އެމްއާރުސީ ގުޅިގެން ރަށުތެރޭން ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިވަގުތު އެ ސިޓީއަށް އޮތީ ވާރޭ ހުއްޓާލައިފައެވެ.
ވިއްސާރައިގައި ރަށުގެ އެކިސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާތީ، ކައުންސިލްގެ ފަރާތުން ވަގުތީގޮތުން ހޮޓްލައިންއެއް ވެސް ކައުންސިލްއިން ވަނީ ގާއިމުކޮށްފައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްއިން ބުނީ ކުރަމުންދާ ގަދަ ވިއްސާރައިގައި ރަށުގެ ގިނަ ގެތަކެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަންވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެސެސްމެންޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ލިބިފައިވާ ގެއްލުންތަކުގެ ސާފު ފޮޓޯ ނެންގެވުމަށްފަހު ސިޓީ ކުލުނު ވައިބަާ (7221621)އަށް ހިއްސާކޮށްދިނުމަށް ކައުންސިލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
