ބޮލީވުޑް މުނިފޫހިފިލުވުން

އާލިއާ އާއި ރަންބީރްގެ ކައިވެނި އަނެއްކާވެސް ފަސްކުރީތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ތަރިންގެ ތެރެއިން އެބައެއްގެ ކައިވެންޏަކަށް މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ކައިވެންޏަކީ މަޝްހޫރު އެކްޓްރެސް އާލިއާ ބަޓް އާއި އެކްޓަރ ރަންބީރް ކަޕޫރްގެ ކައިވެންޏަށެވެ.

Ads by STELCO

މިދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ތިން އަހަރުވަރު ވެފައިވާ ކަަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. އަދި މިދިޔަ އަހަރު ފަހު ކޮޅު ފެތުރެމުން ދިޔަ އަޑަކީ މިއަހަރުގެ ނޮވެމްބަރުގައި އާލިއާ އާއި ރަންބީރް ކައިވެނި ކުރަން ހަމަޖެހިފައިވާ ވާހަކައެވެ.

ނަމަވެސް މިހާރު އަނެއްކާވެސް ރިޕޯޓުތަކުން ބުނާ ގޮތުގައި މިދެތަރިންގެ ކައިވެނި ވަނީ ފަސް ކުރެވިފައެވެ. އެކަން ހާމަވެފައިވަނީ މިއަހަރު ނިމެންދެން ވެސް މަސައްކަތް ކުރަން އިތުރު ޕްރޮޖެކްޓުތަކަކާއި އާލިއާ އާއި ރަންބީރް ހަވާލުވެފައި ވުމުންނެވެ.

އެމީހުންގެ ގާތް މީހަކު ޓައިމްސް އޮފް އިންޑިއާ އަަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އާލިއާ އާއި ރަންބީރްގެ ކައިވެނި ފަސްކޮށްފައިވަނީ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރް މަރުވުމާއި ގުޅިގެންނެވެ.

އެހިތްދަތިކަން އަދިވެސް އާއިލާއިން ނުފިލާ ކަމަށާއި އެހެންކަމުން އަންނަ އަހަރުގެ މެދެއްހާ ތަނުގެ ކުރިން އެއްވެސް ބޮޑު ހަފްލާއެއް ބާއްވަން އެމީހުން ވިސްނާފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

ރިޝީ ކަޕޫރް މަރުވީ މިއަހަރުގެ އޭޕްރިލް މަހުގައެވެ. އޭނަގެ ޖަނާޒާގައި އާލިއާ ވެސް ބައިވެރިވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!