ވިޔަފާރި

ޑަބްލިއުޓީއެމް ފެއާގައި ރާއްޖެ އިސްތިހާރު ކުރަނީ

ފާތިމަތު އަފްނާން ، ދެން އޮންލައިން

ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރެސިޑެންސް ފަދަ އައު ކޮންސެޕްޓްތަކާ އެކު، ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ތަފާތު ޓޫރިޒަމް ޕްރޮޑަކްޓުތައް އަންނަ މަހު އޮންނަ ޑަބްލިއުޓީއެމް ފެއާގައި ޕްރޮމޯޓްކުރަން އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

ޑަބްލިއުޓީއެމް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕަލްސް ހޮޓެލްސްއިން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް އައު އިންވެސްޓްމަންޓްތަކެއް ގެނެސް، މިހާރު ހިންގަމުންދާ ރިސޯޓުތަކުގެ ޚިދުމަތްތައް ވެސް އިތުރަށް ފުރިހަމަކުރަމުންނެވެ. އެ ކުންފުނިން ވަނީ މިއަހަރު ލަންޑަންގައި ބާއްވާ ޑަބްލިއު.ޓީ.އެމް ފެއާގެ ވިޒިޓް މޯލްޑިވްސް ސްޓޭންޑްގައި ބައިވެރިވެ، މި އައު ޕްރޮޑަކްޓްތައް ބައިނަލްއަޤްވާމީ މާކެޓަށް ދައްކާލުމަށް ނިންމާފައެވެ.

އެ ކުންފުނިން މިހާރު ކުރިއަށްގެންދާ އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ 2027ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބ. އަތޮޅު ބަޔޯސްފިއަރ ރިޒާވް (ހަނިފަރު ބޭ ކައިރީގައި) ހުޅުވުމަށް ތައްޔާރުވަމުންދާ "އޯރާ މޯލްޑިވްސް"އެވެ. މިއީ ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ލަގްޒަރީ ކޮންސެޕްޓަކަށް ތަރައްޤީކުރާ ރިސޯޓެކެވެ. މީގެ އިތުރުން، 2027ގެ ކުރީކޮޅު ހުޅުވާ "ދަ ކޮރަލް ރެސިޑެންސަސް"އަކީ ރާއްޖޭގައި ލަގްޒަރީ ރެސިޑެންޝަލް އޯނަރޝިޕް (ޕްރައިވެޓް އައިލެންޑް ރެސިޑެންސް ގަނެވޭގޮތަށް) ތަޢާރަފްކުރާ ތަފާތު ޕްރޮޖެކްޓެކެވެ. 2 އަދި 3 ކޮޓަރީގެ މި އެޕާޓްމަންޓުތަކަކީ ވެރިފަރާތުން ބޭނުން ނުކުރާ ވަގުތުތަކުގައި ކުއްޔަށް ދީގެން އާމްދަނީ ހޯދޭނެ އިންވެސްޓްމަންޓެކެވެ.

އައު ޕްރޮޖެކްޓްތަކުގެ އިތުރުން، އެ ކުންފުނީގެ ދަށުން މިހާރު ހިންގަމުންދާ ރިސޯޓުތަކުން ވެސް އަންނަނީ ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން. 

ދަ ނޯޓިލަސް މޯލްޑިވްސް: ދުނިޔޭގެ މަޝްހޫރު މިޝެލިން ގައިޑުގެ "ޓޫ މިޝެލިން ކީޒް" ލިބިފައިވާ މި ރިސޯޓުން، ކުރިއަށް އޮތް ފެސްޓިވް ސީޒަން ފާހަގަކުރުމަށް "ބޮހީމިއަން އޮޑިސީ"ގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

ނޯވާ މޯލްޑިވްސް: ޕެޑީ އާ ގުޅިގެން ޑައިވް ކުރުމާއި މެރިން ބަޔޮލޮޖީ ކޯސްތަކަށް އިސްކަންދޭއިރު، 2027ވަނަ އަހަރުގެ ޖުލައި މަހު އެކަނި ދަތުރުކުރާ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން "ސޯލޯ ޓްރެވަލަރ މަންތު"ގެ 3ވަނަ އެޑިޝަން ބާއްވާނެއެވެ.

އެރި މޯލްޑިވްސް: ދިވެހި ސެފުންނާއި، މިއުޒީޝަނުން އަދި ކުރެހުންތެރިން ފަދަ ފަންނާނުންނަށް ޚާއްޞަ ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް "ބީޗް ޝެކް ޓޭކްއޯވަރސް" ޕްރޮގްރާމްތަކެއް ކުރިއަށްގެންދާނެއެވެ.

ކަނޑިމަ މޯލްޑިވްސް: އަހަރުގެ ފަހު ކުއާޓަރުގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ބާއްވާނެއެވެ. ޑިސެމްބަރު މަހު ބާއްވާ "ކަނޑިމަ ކާނިވަލް ބޮނާންޒާ"ގައި ޓެނިސް ތަރި ޑަސްޓިން ބްރައުން އަދި ފީފާ ވިމެންސް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ލޫސީ ބްރޯންޒް އާއި އޯނާ ބެޓްލޭ ފަދަ މަޝްހޫރު އެތުލީޓުން ބައިވެރިވެ، ފަތުރުވެރިންނަށް ޚާއްޞަ ކޯޗިންގ ސެޝަންތަކެއް ނަގައިދޭނެއެވެ.

Ads by Ooredoo