ޚަބަރު

ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އައްޑޫއިން ދެ ދިވެހީން ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ބަނގުރާ ބޭނުންކޮށް، ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އައްޑޫ ހިތަދޫއިން ދެ ދިވެހީން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ހަމްދަރުދީގެ / ސ. ފޭދޫ، އަލީ ރާއިލް މުނީރު (23އ)އާއި ވައިލެޓްވިލާ / ސ. މަރަދޫފޭދޫ، މުހައްމަދު ޝާމިހު މަންސޫރު (19އ)އެވެ.

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅި ފެނުނު ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 10ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Ads by HDC