ދުނިޔެ

އަޒަރްބައިޖާނަށް ދިން މިސައިލްގެ ހަމަލާއެއްގައި ތުއްތު ކުއްޖެއްގެ އާއިލާ އެއްކޮށް ނިޔާވެއްޖެ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޒަރުބައިޖާނުގެ ސިޓީއެއް ކަމަށްވާ ގަންޖާއަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއެއްގައި 13 މީހަކު ނިޔާވެއްޖެއެވެ. އެ 13 މީހުންގެ ތެރޭގައި އުމުރުން އެންމެ 3 އަހަރުގެ ޚަދީޖާ ޝަހްނަޒާރްލީގެ މުޅި އާއިލާވެސް ހިމެނެއެވެ. އަޒަރްބައިޖާން އަކީ ގިނަ އަދަދެއްގެ މުސްލިމުން އުޅޭ ގައުމެކެވެ. އެގޮތުން އެގައުމުގެ 99 އިންސައްތައާ ގާތްކުރާ އަދަދެއްގެ މީހުންނަކީ މުސްލިމުންނެވެ.

Ads by WAMCO

ނިޔާވި އާއިލާގައި ހިމެނެނީ ޚަދީޖާގެ މަންމަ އާއި އޭނާގެ 16 މަހުގެ ކޮއްކޮ އާއި އަދި އޭނާގެ ބައްޕައެވެ. އޭނާގެ މަންމަ އާއި ލޯބިވާ ކޮއްކޮ ވަޅުލެވުނީ އެއް ވަޅެއްގައެވެ. އަދި އޭނާގެ ބައްޕަ ވަޅުލެވުނީ އޭނާގެ މަންމަ އާއި ކޮއްކޮގެ މަހާނައާ އިންވެގެންނެވެ. މި ހާދިސާއިން ޚަދީޖާ ސަލާމަތްވީ ހަނި ގޮތަކަށެވެ. އޭނާއަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އަޒަރްބައިޖާނަށް ދެވުނު މިސައިލްގެ މި ހަމަލާއަށް އަޒަރްބައިޖާނުން އިނގިިލި ދިއްކުރަނީ، އަރްމޭނިއާ އަަށެވެ. އެހެން ނަމަވެސް އަރްމޭނިއާ އިން އެ ގައުމުގެ ބައިވެރިވުމެއް އެކަމުގައި ނެތް ކަމަށް ހާމަ ކޮށްފައެވެ. އެގޮތުން، އަރްމޭނިއާއިން ގެންގުޅޭ މިސައިލްތައް ގަންޖާއާ ހިސާބަށް ނުފޯރާނެ ކަމަށް އެގައުމުން ބުނެއެވެ.

މި ހަމަލާގައި އަޒަރްބައިޖާންގެ 20 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް އެގައުމުގެ ހަބަރުފަތުރާ މީޑިއާ ތަކުން ބުނެއެވެ.

ހަމަލާގައި ނިޔާވި މީހުންގެ ތެރޭގައި 2 ކުޑަކުދިން ވެސް ހިމެނެއެވެ. އަަޒަރްބައިޖާނުގެ ގަންޖާ ސިޓީއަށް މިސައިލްގެ ހަމަލާއެއް އައިސްފައި މިވަނީ އެ ގައުމުގެ އެހެން ސިޓީއަކަށް މިސެއިލްގެ ހަމަލާއެއް އައިތާ 6 ދުވަސްފަހުންނެވެ. އެ ހަަމަލާގައިވެސް 10 މީހަކު ނިޔާވެފައި ވެއެވެ.

Ads by Allied Insurance
  1. ކީއްވެ؟

    ޝަހީދުވެއްޖ ނުޖެހ ކީއްވެތޯ