ލައިފްސްޓައިލް

ސެމްސަންގް އެކަންޏެއް ނޫން، ޗާޖަރު ނެތިގެން ޝައުމީން ވެސް އައިފޯން 12 އަށް ޖޯކު ޖަހައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެޕަލް އިން އަލަށް ތަޢާރަފްކުރާ އައިފޯން 12 ގެ ފޯނާއެކު ޗާޖަރެއް ނީންނާތީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ "ޝައުމީ" އިންވެސް ޖޯކު ޖަހައިފިއެވެ.

Ads by Sosun Fihaara

އައިފޯންގެ އެންމެ ފަހުގެ މިފޯނާއެކު ޗާޖަރަކާއި އިއަރޕޮޑެއް ލިބެން ނުހުންނާތީ ސޯޝަލް މީޑިއާ ގައި އެތައް ބަޔަކު ދަނީ އެޕަލް ކުންފުންޏަށާއި އައިފޯނަަށް ޖޯކު ޖަހަމުންނެވެ.

އެގޮތުން ދާދިފަހުން، އައިފޯނާއި އެންމެ ވާދަކުރާ ސެމްސަންގުން ވެސް ވަނީ މިކަމާއި ގުޅޭ ގޮތުން ޖޯކު ޖަހާފައެވެ. މިފަހަރު އެދިމާކުރުމުގައި ޝައުމީ އިން ވެސް މިވަނީ ބައިވެރި ވެފައެވެ.

އެގޮތުން ޝައުމީން އެމީހުންގެ ފަހުގެ އުފެއްދުމެއް އިޝްތިހާރު ކުރުމުގެ ގޮތުން ކުޅެފައިވާ ވީޑިއޯ އެއްގައި ފެންނަނީ "އެމްއައި 10ޓީ ޕްރޯ" ފޯނެއް ފޮށިން ނަގާ ތަނެވެ. ފޮށިން އެފޯނު ނަގަމުން ބުނެފައިވަނީ "އެހެން މީހުން ފަަދައިން" އެމީހުން ދެނީ ހަމައެކަނި އެއްބައި އެއްޗެހި އެކަނި ނޫން ކަމަށާއި "ހުރިހާ އެއްޗެއް ހަމަވާނެ" ކަމަށެވެ.

އެޕަލް އާއި އަޅާބަލާއިރު ކުޑަ ކުންފުންޏެއް ކަމަށްވާ ޝައުމީން އައިފޯނަށް މިފަދައިން ޖޯކު ޖެހުމުން ގިނަ މީހުންނަށް އެކަން ވަނީ ވަރަށް މަޖާ ކަމަކަށްވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!