Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

މިއަދު މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެއެވެ.

ސްޓެލްކޯއިން ވިދާޅުވީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރު 15:00 އިން 16:30 އަށް ހެންވޭރު ބޮޑުތަކުރުފާނުމަގު، އަމީރުއަހުމަދުމަގާއި، ކަސްތޫރިމަގު، ހިތްފަސޭހަގޯޅި، ސަނދުބަރަކާގޯޅި، ފިނިހިޔާގޯޅި، މެހެލިގޯޅި، އަދި ސޯސަންމަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓައި އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

Advertisement
HDC — Sidebar (box)

ސްޓެލްކޯއިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަކުރުމުގެގޮތުން ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން ގްރިޑްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް ދޭތެރެ ދޭތެރެއިން ކަރަންޓުގެ ޚިދުމަތް ބައެއް ވަގުތުތަކުގައި މެދުކަނޑައިލައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް