ކެލައިން ތިންވަނަ މީހަކު ކޮވިޑަށް ފައްސިވެއްޖެ

ހއ ކެލާއިން ތިންވަނަ މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ. ފައްސިވެފައި ވަނީ ހޯމް ކަރަންޓީންގައި ހުރި ފަރާތެކެވެ.
ކަރަންޓީންގައި ތިބި 3 ފަރާތެއް 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓުކުރި އިރު ނަތީޖާ ލިބި ފައްސިވެފައި ވަނީ އެންމެ މީހެކެވެ.
މީގެ ކުރިންވެސް ކެލައިން ވަނީ ފައްސި ކޭސްތަކެއް ފެނިފައެވެ.
ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނައިރު އިއްޔެ މުޅި ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 24 މީހުންނެވެ.
ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 11،591 އަށް އަރާފަވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،685 އަށް އަރާފައެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން ނިޔާވެފައި ވަނީ 37 މީހުންނެވެ.