ރައީސްގެ ދިފާއުގައި އިޔާޒާއި އިލްޔާސް: "ގައުމަށް ނިކަމެތިކަން ލިބޭ ކަމެއް ނުކުރައްވާނެ"

ގައުމަށާއި ދީނަށް ނިކަމެތިކަމެއް ލިބޭ ފަދަ ކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުރައްވާނެ ކަމަށް ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގައި އިސްކޮށް އުޅުއްވާ ޝެއިޚް އިލްޔާސް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިފާއު ކުރައްވައި ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓު، ޝެއިޚް ޑރ. އިޔާޒް އަބްދުއްލަތީފު ވަނީ ރިޓްވީޓު ކުރައްވައި އެކަމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.
ޝެއިޚް އިލްޔާސްގެ ޓްވީޓުގައި ވަނީ ރައީސް ސޯލިހުގެ ނިންމުންތަކަށް ފާޑުކިޔާ މީހުންނަށް ވަނީ ރައްދު ދީފައެވެ. އެގޮތުން ޝެއިޚް ވިދާޅުވީ ހަގީގަތާ ހިލާފު ދޮގު ވާހަކަ ކިތަންމެ ވަރަކަށް ފެތުރި ނަމަވެސް ހަގީގަތް އޮޅުވާ ނުލެވޭނެ ކަމަށެވެ.
އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ އިސްލާމް ދީނާއި ވަހުދަތާއި އިސްތިގުލާލު ނަގާލަން މަސައްކަތް ކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށް ވެސް ޝެއިޚް އިލްޔާސް ގެ ޓްވީޓުގައި ވިދާޅުވިއެވެ.
"ޔާﷲ މި ލޮބުވެތި ވަތަން ހިމާޔަތް ކުރައްވާށި"
މި ސަރުކާރުން އިންޑިއާއާއި މާ ގާތް ގުޅުމެއް ބާއްވަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔައި އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑުއުފުލައި، އެ މީހުން ރާއްޖެ އިން ބޭރުކުރަން ވެސް އިދިކޮޅުން އަންނަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.
ތިޔަބައި މީހުންނަކީ ތިގޮތަށް ދިރިއުޅެންވަރަށް ފައްކާބައެއް.