ޕީއެންސީ ގެ ނައިބު ރައީސް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގެ ތެރެއިން، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ފުލުހުން ވެސް ވަނީ ޔަގީން ކޮށްދެެއްވާފައެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަހަރުގެ "ނަސްރުގެ ދުވަހުގެ" މުނާސަބަތުގައި އެންމެ ފުރަތަމަ މިޖަލްސާ ބޭއްވުމަށް ނިންމީ ކާނިވަލު ސަރަޙައްދުގައެވެ. ޖަލްސާ ބޭއްވުމުގެ ހުއްދައަކަށް އެދި އެކޯލިޝަނުން ވަނީ އެޗްޕީއޭ އާއި މާލެ ސިޓީ ކައުންސިލަށް ވެސް ސިޓީ ފޮނުވާ ހުއްދައަށް އެދިފައެވެ.
ނަމަވެސް އެޗްޕީއޭ އިން އެހުއްދަ ނުދެއްވުމުގެ ސަބަބުން އެޖަލްސާ ދެން ބޭއްވުމަށް ނިންމީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.