Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭން ނާޒިމް ގޮވާލައްވައިފި

ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭން ނާޒިމް ގޮވާލައްވައިފި

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމުގެ މަންމާފުޅުގެ ޖަނާޒާގައި ރައީސް ޔާމީނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭން, އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.

ރައީސް ޔާމީންގެ މަންމާފުޅު, އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮންމަންމާފުޅު ފާތިމަތު ހަސަން އަވަހާރަވީ ސްރީ ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. އުމުރުފުޅުން 86 އަހަރުފުޅުގައި ފާތިމަތު ހަސަން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން ގެންދަވަނީ މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

Advertisement
Allied Insurance — Square (box)

ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަން ޖެހޭކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ޞާލިޙްގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް