ދުނިޔެ

އަޒަރްބައިޖާންއަށް ނަޞްރު ލިބިއްޖެ! މުސްލިމުން އަތުން ފޭރިގެންފައިވާ ބިން އަނބުރާ މުސްލިމުންނަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޔަހޫދީންގެ ބޮޑު އާބާދީއެއް އޮންނަ އާމީނިއާއިން، މުސްލިމް ދަޢުލަތެއް ކަމަށްވާ އާޒަރްބައިޖާން އަތުން ފޭރިގެންފައިވާ ނަގޯނޯ ކަރަބާޚާގެ މައްސަލައިގައި 6 ހަފްތާގެ ކުރިމަތިލުމަކަށް ފަހު މުސްލިމުންނަށް ނަޞްރު ލިބިއްޖެއެވެ.

Ads by Sosun Fihaara

ނަގޯނޯ ކަރަބާޚަކީ އަޒަރްބައިޖާނުގެ ބައެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވީ ނަމަވެސް އެ ތަނުގެ ކޮންޓްރޯލް އޮންނަނީ އާމީނިއާ ދަރިކޮޅު މީހުންގެ އަތުގައެވެ. ބިމުގެ މައްސަލައިގައި ދުނިޔޭގެ އެންމެ ޒަމާންވީ އެއް ހަމަނުޖެހުން އޮންނަ މި ދެ ގައުމުގެ މެދުގައި 6 ހަފްތާ ވަންދެން ކުރިމަތިލުން ހިނގާފައިވާއިރު، އާމީނިއާއިން މިރޭ ވަނީ ބަލި ޤަބޫލުކޮށް، އެޤައުމުގެ ބޮޑު ވަޒީރު ބަޔާނެއް ނެރެފަައެވެ.

މިބަޔާނުގައި ބުނެފައިވަނީ ރަޝިޔާގެ މަދަދާއެކު، އާމީނިއާއި އަޒަރްބައިޖާންއިން އިތުރަށް ހަނގުރާމަ ނުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މިނިންމުން ނިންމާފައި ވަނީ ހާލަތަށް ރިއާޔަތްކޮށް އެންމެ ފައިދާ ހުރި ގޮތަކީ އެގޮތްކަމަށް ދެކުމުން ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އާމީނިއާއިން ބަލި ޤަބޫލު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ނަގޯނޯ ކަރަބާޚާގެ ޝޫޝާ ނަމަކަށް ކިޔާ ސިޓީއެއް އަޒަރްބައިޖާންގެ އަތްދަަށަށް އައިސްފައި ވަނިކޮށެވެ. މިކަން އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔޭވް ރޭގެ ވަގުތެއްގައި ހާމަކުރިއިރު، ފުރަތަމަ އާމީނިޔާއިން އެކަންވަނީ ދޮގުކޮށްފައެވެ. އަދި ބުނެފައި ވަނީ އަދިވެސް އެސަރަހައްދުގައި ހަމަލާ ބަދަލު ކުރެވެމުން އަންނަ ކަމަށެވެ.

އަޒަރްބައިޖާންއާއި އާމީނިޔާއާ ދެމެދު ހިނގި 6 ހަފްތާގެ ކުރިމަތިލުމުގައި ޖުމްލަ 1000އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by Ooredoo
  1. ބަދަވި

    ގައުމުީ ތަކުގެނަންް ދަސްކޮއްގެން
    ޚަބަރު ލިޔަންވެއްޖެއެއްނު
    (އަރްމޭނިއާ) އެހެންލިޔާނީ