މީރާއިން ބުނީ، މި އަހަރުގެ އޮކްޓޯބަރު މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 468 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.
އޮކްޓޯބަރު މަހުގެ އާމްދަނީ ގޮތުގައި މިފަހަރު ލިބުނީ 390 މިލިއަން ރުފިޔާ: މީރާ

މިއަހަރުގެ ހުސްވެދިޔަ އޮކްޓޯބަރު މަހުގެ އާމްދަނީއެއްގެ ގޮތުގައި ދައުލަތަށް 390.57 މިލިއަން ރުފިޔާ ލިބުނު ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަ ކޮށްފިއެވެ.
މިއަދަދަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އާމްދަނީ އާއި އަޅާބަލާއިރު، 57.9% ދަށްވުމެކެވެ. މިހެން ވުމުގެ ސަބަބެއް ގޮތުގައި މީރާއިން ބުނީ، ކޮވިޑު-19 އާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެ، އެ ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުން ކަމަށެވެ. މިގޮތުން، ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.

Ads by Allied Insurance