ޚަބަރު

‎ޖުޑީޝަރީގައި އަންހެނުންގެ ދައުރު އިތުރުވަމުން ދިއުމަކީ މިއަދު އުފާކުރައްވާ ކަމެއް: އޭޖީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ޖުޑީޝަރީގައި އަންހެނުންގެ ދައުރު އިތުރުވަމުން ދިއުމަކީ މިއަދު އުފާކުރައްވާ ކަމެއް ކަމަށް ބަންޑާރަނައިބް (އޭޖީ) އިބްރާޙިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރާއްޖެޓީވީން ކުރިއަށްގެންދިޔަ ޚާއްސަ ކަވަރޭޖަކަށް ދެއްވި އިންޓަރވިއުއެއްގައި އޭޖީ ވިދާޅުވީ، ޖުޑީޝަރީގައި އަންހެނުން ހިއްސާ ކުރާ ދައުރު މިއަދު އިތުރު ވެފައިވާ ކަމަށެވެ. އަދި މިކަމަކީ އެމަނިކުފާނު އުފާ ކުރައްވާ ކަމެއް ކަމަށެވެ.

މިއަދު ޖުޑީޝަރީގައި އަންހެނުންގެ ދައުރު އިތުރުވެގެން ދިޔުމަކީ އަންހެނުންނާއި ފިރިހެނުންގެ ފަރަޤު ކުޑަ ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އޭޖީ ވިދާޅުވިއެވެ.

އެގޮތުން މެޖިސްޓްރޭޓް ކޯޓުތަކުން ފެށިގެން ރާއްޖޭގެ ސުޕްރީމް ކޯޓާ ހަމައަށް ބެލި ނަމަވެސް މިއަދު އަންހެން ފަނޑިޔާރުން ތިއްބެވިކަން ފާހަގަ ކުރައްވައި އޭޖީ ވިދާޅުވީ، މިއީ ފާއިތުވެދިޔަ ތަނުގައި ފެނިފައިވާ މަންޒަރެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ބަދަލުތައް ފެންނަމުންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ވެސް މި މަންޒަރު މިގޮތަށް ފެންނާނެ ކަމުގެ އުންމީދު ކުރާ ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!