ޚަބަރު ދިވެހި ސިނަމާ

12 އަހަރު ވަންދެން މިއުޒިކް ކުޅެމުންދިޔަ ދިވެހި ޒުވާނަކު މިއުޒިކް ކުޅުން ހުއްޓާލައިފި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

12 އަހަރު ވަންދެން މިއުޒިކް ކުޅެމުންދިޔަ ޒުވާނަކު اللهއަށް ޓަކައި މިއުޒިކް ކުޅުން ހުއްޓާލައިފި ކަމަށް ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒް ބުނެފިއެވެ.

Ads by STELCO

ފޭސްބުކްގައި އަލީ ރަމީޒު ދެންމެ ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށްފައި ވީ ނަމަވެސް މިއުޒިކް ކުޅުން ހުއްޓާލީ ކޮން ފަންނާނެއްކަން ބުނެފައެއް ނުވެއެވެ. ނަމަވެސް ގަބޫލު ކުރެވޭ ގޮތުގައި އެއީ ރާއްޖޭގެ މަޝްހޫރު މިއުޒިކީ ފަންނާނެކެވެ.

އަލީ ރަމީޒަކީ ވެސް މީގެ ކުރިން މިއުޒީޝަނެއްގެ ގޮތުގައި މަޝްހޫރު ވީ ފަރާތެކެވެ. ނަމަވެސް އޭނާ ވަނީ އެތައް އަހަރެއް ކުރިން މިޔުޒިކާ ދުރުވެފައެވެ. ދީނީ ދައުވަތު ފެތުރުމުގައި މިހާރު އަވަދިނެތިކޮށް މަސައްކަތް ކުރާ އަލީ ރަމީޒުގެ އެދުމަކީ އޭނާގެ ލަވަތައް ޝެއަރކޮށް ނުފެތުރުމެވެ.

އަލީ ރަމީޒުގެ އިތުރުން އޭނާގެ ކޮއްކޮ އިބްރާހީމް ރަމީޒު އަދި ޢަބުދުލްބާރީ ، ޢަބްދުالله ވަހީދާއި މޫސާ ޝިފާއު ވެސް ވަނީ މީގެ އަހަރުތަކެއް ކުރިން މިޔުޒިކާ އަލްވަދާއު ކިޔާފައެވެ. ހަމައެހެންމެ ފަހުގެ ފަންނާނުން ކަމަށްވާ ސުޢާދު އަބުދުއްރަހީމް (ޒިޕްސް) އާއި މުޙައްމަދު އިޝާންއާއި ޢަބްދުއްރާޒިގް (ރާއްޓެ) ވެސް ވަނީ މިޔުޒިކާ ދުރުވިކަން މިދިޔަ ރަމަޟާންމަހު ހާމަކޮށްފައެވެ.

  1. އާސްތު

    އަޖައިބެއްނު؟ ސުރުހީއެއް ޖަހާލާފަ ދެން މުޅިން ބޭކާރު ވާހަކައޭ މި އޮންނަނީ.. އަހަރެމެންގެ ވަގުތޭ މި ބޭކާރުވަނީ މި މީސްމީހުނާ ހެދި. އިތުރު މަޢުލޫމާތެއް ލިބޭނެކަމަށް ކިޔަން ފަށަނީ.. އެކަމަކު އަބަދުވެސް މި އޮންނަނީ ބޭކާރު ވާހަކަ. ރަނގަޅަށް މަޢުލޫމާތު ހޯދާފަ ލިޔެބަލަ ޕުލީސް. ވަރަށް ދިސެޕޮއިންޓް ވެއްޖެ. ދެރަވެސް ވެއްޖެ ރުޅިވެސް އައިސްފި

    • ލޮޖިކް

      އިނގޭތަ މި އެއްޗެހި ކިޔަން ވަންނަ ކޮންމެ ފަހަރަކު އެމީހުނަށް ލާރި ލިބޭކަން ؟؟

  2. ގޫފީ

    އަލީ ރަމީޒު ކިޔެވި ކިޔެވީނުން ރަސޫލުންނާއި ނަބިއްޔުންގެ ސައްހަ ހަދީސްތަކުން އެގެން ހުރިކަންކަމަށް ވުރެ ބޮޑަށް އަމިއްލަ އެދުން އިސްކޮއް ގޮންޖަހަމުންދިއުމަކީ ރަސޫލުކަމަށް ދައުވާކުރެވުން.

    • ޙަސަނު

      ކޮންކަމެއްގެ ވާހަކަ ތިބުނަނީ؟

  3. ރީތި މޫސަ

    ރަނގަޅުނިންމުމެއް ހެޔޮޖަޒާދެއްވާށި އާމީން