ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލުގައި ހިޔާވަހިކަން ހޯދަމުންދާ އާއިލާތަކުގެ ހަޔާތުން ދުވަހެއް!

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 50،000 އަށްވުރެ ގިނަ މީހުން މިހާރު ދަނީ އަލްޝިފާ ހޮސްޕިޓަލުގައި ހިމާޔަތް ހޯދަމުންނެވެ.
ޣައްޒާގެ ސިއްހީ ނިޒާމުގެ އެހެން ސަރަހައްދުތަކެކޭ އެއްފަދައިން ސޯލާ ޕެނަލްގެ އެހީގައި މަދުން ނަމަވެސް މަސައްކަތް ކުރަމުން އަންނަ އެ ހޮސްޕިޓަލް ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެންނަމަވެސް ގިނަ އާއިލާތަކަށް ހޮސްޕިޓަލުގައި މަޑުކުރަން އިސްކަން ދިނީ ދެކުނުގެ ޚާން ޔުނިސްއަށް ދިއުމަށް ވުރެ ރައްކާތެރި ގޮތަކީ އެއީ ކަމަށް ގަބޫލުކުރެވޭތީއެވެ. އަދިވެސް ސާފު ފެނާއި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން އެ ހޮސްޕިޓަލުގައި ދިރިއުޅޭ މީހުން އުޅެން ޖެހިފައިވަނީ ހިތާމައެއްގެ ތެރޭގައެެވެ.
އެ ހޮސްޕިޓަލުގައި ދިރިއުޅެމުންދާ ފަސް ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންގެ މަންމަ ޣާނިޔާ ހަނިއްޔާ ބުނީ އޭނާގެ ޢާއިލާގެ މީހުން ގެއިން ފިލައިގެން ދިޔައީ އެމީހުންގެ ސަރަޙައްދުގައި ގޮއްވާލި ގޮވުންތަކުން ސަލާމަތްވެގެން ކަމަށެވެ. އެމީހުން ތިބީ ބްލެންކެޓުން ހަދާފައިވާ ވަގުތީ ޓެންޓެއްގެ ދަށުގައެވެ.
ފަތިހު ފެށެނީ ކުޑަކުދިންނާއި ފިރިހެނުން ޕްލާސްޓިކް ޖަގުތައް ޕައިޕަކުން ލޮނުފެން ނެގުމަށް ދިގު ސަފުގައި ކިޔޫ ހަދައިގެންނެވެ. ހެނދުނުގެ ނާސްތާއަކީ ކޭންޑް ބީންސްއެވެ. ދެން ފާޚާނާ ކުރުމުގެ އިންތިޒާރުގައި ދިގު ސަފުތައް ހަދައިގެން ތިބެން ޖެހޭ ކަމަށް ޣާނިޔާ ބުންޏެވެ. އަދި ހެދުންތަކާއި ތަށިތައް ދޮންނަން ބޭނުން ކުރަނީ ލޮނުފެން ކަމަށް ޣާނިޔާ ބުންޏެވެ.
<img class="alignnone wp-image-202740 size-full" src="https://cdn.dhen.mv/wp-content/uploads/2023/11/MHMA4599-copy-1698399230.jpg.webp" alt="" width="1170" height="780" />
"ރަނގަޅަށް ފެންވަރާކަށް ވެސް އަދި ދޮންނަން ވެސް އަދި ހެދުން ވެސް ބަދަލު ނުކުރެވޭނެ،" ޣާނިޔާ ބުންޏެވެ.
ބިންމަތީގައި ޣާނިޔާއާއި އޭނާގެ ދަރިން ނިދަނީ ތުނި ދެ ބްލޭންކެޓްގައެވެ.
"ކުދިންނަށް އުނދަގޫވޭ އެމީހުންގެ އަސާސީ ބޭނުންތައް ނުފުއްދޭ، އެމީހުން ބޭނުންވާ ނުވަތަ އެދޭ އެއްޗެއް ނުހޯދޭ. އުންމީދު ކުރަނީ ރައްކާތެރިކަމާއެކު ގެއަށް ދެވޭނެ ކަމަށް. ބޭނުންވަނީ އާދައިގެ ދުޅަހެޔޮ ދިރިއުޅުމެއް" ޣާނިޔާ ބުންޏެވެ.
އޭނާގެ ދައްތަ އިމްމު މުހައްމަދު އަލް މުއްލާ ދިރިއުޅެމުން ދަނީ އޭނާގެ ދޮންބައްޕަ އާއި ފަސް ދަރިންނާ އެކު ޖެހިގެން ހުރި ޓެންޓެއްގައެވެ.
"ހާލަތު ވަރަށް ގޯސް. ކާއެއްޗެހި، ފެނެއް، ކަރަންޓެއް، ނަރުދަމާއެއް ނެތް" މުއްލާ ބުންޏެވެ.
އޭނާ ބުނީ ތިން އަހަރުގެ ދަރިފުޅު ފެންވަރާލުމަށްފަހު ވެސް އުޅެން ޖެހެނީ އެނބުރި ވެއްޔާއި ކުނީގެ ތެރޭގައި ކަމަށެވެ. ބިންމަތީގައި ނިދަން ޖެހުމުގެ ސަބަބުން މުޅި ހަށިގަނޑުގައި ރިއްސާ ކަމަށާއި އޭނާގެ ފިރިހެން ދަރިފުޅާއި މަންމަ ވެސް އުޅެން ޖެހެނީ އަބަދު ބަލިވެ ކަމަށް މުއްލާ ބުންޏެވެ.
<img class="alignnone wp-image-202741 size-full" src="https://cdn.dhen.mv/wp-content/uploads/2023/11/3I3A4564-copy-1698399172.jpg.webp" alt="" width="1170" height="765" />
"ކޮންމެ ދުވަހަކު ވެސް ވަރަށް ދިގު ލައިންއެއް އޮންނަނީ ހަމައެކަނި ފެނާއި ރޮށި ހޯދަން،" އޭނާ ބުންޏެވެ. "ފުލް ބްރެޑް ކޮތަޅެއް ވެސް ނުލިބޭނެ، ދެބައިކުޅަ އެއްބައި. އަހަރެމެން ދިރިއުޅެމުން މިދަނީ ކޭންޑް ޗީޒް އާއި ފާވާ ބީންސް އިން" މުއްލާ ކިޔައިދިނެވެ.
މުއްލާ ބުނީ ކާން ބޭނުންކުރާ އެއްޗެހި ވެސް ގެންގުޅެން ޖެހެނީ ވަރަށް ބަލައިގެން ކަމަށާއި މުޅި ދުވަސް ހޭދަކުރަނީ ކޮންމެވެސް ދިގު ލައިނަކަށް އަރައި އެކި ބޭނުންތައް ފުއްދުމުގައި ކަމަށެވެ.
އޭނާވެސް ބުނީ އެންމެ ދެކެން ބޭނުންވަނީ އަމިއްލަ ގެއަށް ގޮސް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ދުވަސް ކަމަށެވެ.




ކޮމެންޓް