Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޝަހީދުވި ތުއްތު ކުދިންގެ ހަނދާާންތައް އައު ކުރަމުން، ޚާއްޞަ ހިނގާލުމެއް ބާއްވައިފި

ޝަހީދުވި ތުއްތު ކުދިންގެ ހަނދާާންތައް އައު ކުރަމުން، ޚާއްޞަ ހިނގާލުމެއް ބާއްވައިފި
ފަލަސްތީނުގައި ޝަހީދުވާ ކުޑަކުދިންގެ ޙައްޤުގައި "ފަަލަސްޠީނާއި އެކު ކަނބަލުން" މި ނަމުގައި ވަރަށް އަސަރުގަދަ ހިނގާލުމެއް އިއްޔެ ހަވީރު ބާއްވައިފިއެވެ. މި ހިނގާލުމުގައި ފަލަސްޠީނުގެ ދިދަ އާއި ޔަހޫދީންގެ އަނިޔާވެރިކަން ހުއްޓައިލުމަށް ގޮވައިލައިފައިވާ ޕޯސްޓަރުތައް ބޭނުން ކޮށްފައިވެއެވެ.

މި ހިނގާލުން ބޭއްވީ ރަސްފަންނު ސަރަހައްދުން ފެށިގެން މަޖީދީ މަގުން އާޓިފިޝަލް ބީޗާ ހަމައަށެވެ.

އެކި އުމުރުފުރައިގެ އަންހެނުން ބައިވެރިވި މި ހިނގާލުމުގައި ފެނިގެންދިޔައީ ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވަމުން އަންނަ ތުއްތު ކުދިން ރަމްޒުކޮށްދިނުމަށް، ހުދު ފޮތިގަނޑުން ކަފުންކޮށްފައިވާ ގޮތަށް ހަށިތައް ހިފައިގެން ތިއްބައެވެ. އޭގައި ލޭ ހުރި މަންޒަރު ވެސް ދައްކައިދީފައިވާއިރު، މިއީ މިއަދު ފަލަސްޠީނުގެ އެތައް މަންމައެއް ތަޙައްމަލު ކުރަމުން އަންނަ ވޭނީ އިޙްސާސްއެކެވެ. އެ މަންމައިން ދަރިންނާއިއެކު ނިދަނީ، އައު ދުވަހަކަށް އިރުއަރާއިރު، ދަރިން ދިރި ތިބޭނެ ކަމުގެ ކުޑަ ވެސް އުއްމީދެއް ނެތިއެވެ. އިޒްރޭލުގެ ހައްދުފަހަނައަޅައިފައިވާ ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުގެ 9,227 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި 3,826 ކުޑަކުދިންނާއި 2,405 އަންހެނުން ހިމެނެއެވެ. އަދި 32,516 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާ ދީފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް