Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދެވަނަ ބުރަށް ނުދިޔަ ކެންޑިޑޭޓުން މާލީ ބަޔާާން ހުށަހަޅުއްވައިފި

ދެވަނަ ބުރަށް ނުދިޔަ ކެންޑިޑޭޓުން މާލީ ބަޔާާން ހުށަހަޅުއްވައިފި

މިދިޔަ ސެޕްޓެމްބަރު މަހުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން، ފުރަތަމަ ބުރުގައި ވާދަކުރައްވައި، ދެވަނަ ބުރަށް ނުދިޔަ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅުއްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން، އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަދި އެ މާލީ ބަޔާންތަކަކީ ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ބުނެފައިވާ އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޮޑިޓަރު، އޮޑިޓް ކުރުމަށްފަހު، ހުށަހަޅާ އޮޑިޓް ރިޕޯޓްތަކަށް ވާންޖެހޭނެކަމަށްވެސް އީސީން މަޢުލޫމާތުދެއްވައެވެ.

Advertisement
Allied — Dhen Online (box)

އީސީން ވިދާޅުވީ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުން މިއަދުގެ ނިޔަލަށް މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ ކަމަށެވެ.

މާލީ ބަޔާން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅައިފިނަމަ މިހާރު އޮންނަގޮތުން ޖޫރިމަނާ ކުރެވޭނެއެވެ.

އަދި ކެންޑިޑޭޓުން ހުށަހަޅާ އޮޑިޓް ރިޕޯޓުތަކާއި ފައިސާގެ ހުރިހައި މުޢާމަލާތުތަކާއި، ބިލްތަކާއި ބޭންކް ސްޓޭޓްމެންޓްތަކާއެކު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޝާއިއުކުރުމާއެކު، އެ ރިޕޯޓުތައް ޢާންމުކޮށް ބެލޭނޭ ނިޒާމެއް އީސީން ހަމަޖައްސާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް