Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުޑަކަމުދާ އެއްޗެހި ދޭން ދެކޮޅު ހެދުމުން އެއް އަހަރަށް ޖަލަށް

ކުޑަކަމުދާ އެއްޗެހި ދޭން ދެކޮޅު ހެދުމުން އެއް އަހަރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުޤީގަށް ހައްޔަރުކޮށް ކުޑަކަމުދާ އެއްޗެހި ދިނުމަށް ފުލުހުން އެދުމުން އެކަމަށް ދެކޮޅު ހެދި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ކުޑަކަމުދާ އެއްޗެހި ދިނުމަކީ ޤާނޫނުން ލާޒިމުކޮށްފައިވާ ކަމެކެވެ.

އެގޮތުން މި މައްސަލައިގައި ދައުވާ ލިބުނު މީހާ ވަނީ އޭނާގެ މައްޗަށް އުފުލި ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާއަށް ދެކޮޅު ހަދާފައެވެ

Advertisement
Ooredoo — Square (box)

އެހެންކަމުން މި މައްސަލަ ކްރިމިނަލް ކޯޓުން ނިންމީ ހުށަހަޅާފައިވާ ހެއްކަށް ބަލައިގެންނެވެ. ހެކިންގެ ތެރޭގައި ފުލުހަކުވެސް ހިމެނެއެވެ.

ކްރިމިނަލް ކޯޓުން ބުނީ  އެ މީހާ ވަނީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގިތާ 18 ގަޑިއިރު ވީއިރުވެސް ކުޑަކަމުދާ އެއްޗެހި ދީފައި ނުވާ ކަމަށެވެ.

މިގޮތުން ކްރިމިނަލް ކޯޓުން ވަނީ އޭނާ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް