ޚަބަރު

ދައުލަތުގެ ތިންބާރުގައި އެމްޑީއެންގެ ކޭތަ ހިފާފައި އޮތްއިރު ވެސް ބަޔަކު މީހުން، ސަނާ ކިޔާލަ ކިޔާލާ: ޢަލީ ރަމީޒު

ދެން އެމްވީ ، ދެން އޮންލައިން

ދައުލަތުގެ ތިން ބާރުގައި ކަންބޮޑުވާން ޖެހޭ މިންވަރަށް ލާދީނީ އެމްޑީއެންގެ ކޭތަ ހިފާފައި އޮތްކަން އެނގޭއިރު ވެސް ބަޔަކު (ތިބީ،ސަރުކާރަށް) ސަނާ ކިޔާލަ ކިޔާލާ ކަމަށް ދީނީ ދަޢުވަތު ފެތުރުމުގައި ހަރަކާތްތެރިވާ ، ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޢަލީ ރަމީޒު ބުނެފިއެވެ.

Ads by Sosun Fihaara

ޢަލީ ރަމީޒު މިހެން ބުނެފައި ވަނީ މިއަދު ކުރި ޓްވީޓެއްގައެވެ.

ދައުލަތުގެ ތިން ބާރު ކަމުގައިވާ ސަރުކާރާއި ، ޖުޑިޝަރީ އަދި ރައްޔިތުންގެ މަޖިލީހުގައި،  ލާދީނީ ރިޕޯޓް ނެރުނު އެމްޑީއެންގެ ކޭތަ ހިފާފައިވާ ކަމަށް ޢަލީ ރަމީޒު ފާހަގަ ކުރިއިރު މި ތިން ދާއިރާގައި ވެސް އެމްޑީއެންގެ ލީޑަރޝިޕްގައި ހަރަކާތްތެރިވި އެތައް ބަޔަކު ތިބިކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ރައީސް އޮފީހުގައި ، އެމްޑީއެންގެ ނޫޝިން ވަހީދު ހިމެނޭއިރު ޕްރޮސެކިޔުޓަރ ޖެނެރަލް ޙުސައިން ޝަމީމަކީ ވެސް އެމްޑީއެންގެ ކުރީގެ އިސް ބޭފުޅެކެވެ. އަދި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދުގެ އިތުރުން މިހާރު ޖަރުމަނުގައި ދިރިއުޅުއްވާ ސަހިންދާ އިސްމާޢީލް އަކީ އެ ޖަމްޢިއްޔާގެ ބާނީ އެކެވެ.

އެމްޑީއެންއިން ނެރުނު ލާދީނީ ރިޕޯޓާއި ގުޅިގެން އެ ޖަމްއިއްޔާ އުވާލާފައިވީ ނަމަވެސް ، އެ ޖަމްއިއްޔާ ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ޖަމްއިއްޔާގެ އެއްވެސް ބޭފުޅަކަށް މިހާތަނަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. މި ޙާލަތުގައި ވެސް ސަރުކާރަށް ސަނާ ކިޔާލަ ކިޔާލާ ބަޔަކު ތިބިކަމަށް ޢަލީ ރަމީޒު ބުނި ނަމަވެސް ، އެއީ ކޮން ބައެއްކަން ބުނެފައެއް ނުވެއެވެ. ނަމަވެސް މީސްމީޑިއާގައި ސަރުކާރަށް އެންމެ ސަނާ ކިޔާ އެއްބަޔަކީ ޝައިޚް އިޔާޒްއާއި ޝައިޚް ޒައިދުގެ އިތުރުން ޝައިޚް އިލްޔާސްއެވެ. އެ ބޭފުޅުން ވިދާޅުވެފައި ވަނީ މި ސަރުކާރުން ދީނާ ޚިލާފު ކަންކަން ނުކުރައްވާނެ ކަމަށެވެ.

  1. ޢިނގުރު

    ޢެތަކެއް ކާފިރުންތިބި ދުނިޔެއެއްގަ ތިބާލެއްވީތީ ސާނާ ކިޔާ ފަދައިން އެމްޑީއެން ބައިގަނޑު މިތާ އޮތެއްކަމަކު ސަނާކިޔަންޖުހޭ ފަރާތައް ސަނާނުކޫ ހަމްދު ނުކުރެވި ތިބެންޖެހޭތަ