ދުނިޔެ

ކޮވިޑް-19އިން ސަލާމަތް ނުވެވިގެން އުޅެނިކޮށް، ހަލުވި ކަމާއެކު ދޫނި ރޯގާ ފެތުރެނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19ގެ ކޭސްތައް އިންތިހާއަށް އިތުރުވެފައި ވަނިކޮށް، ޖަރުމަނުގައި ހަލުވި ކަމާއެކު ދޫނި ރޯގާ ފެތުރެން ފަށައިފިއެވެ.

Ads by WAMCO

ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަރުމަނުގައި ދޫނި ރޯގާގެ ވައްތަރެއް ކަމަށްވާ  H5N8 ދޫނި ގެންގުޅޭ ފާމްތަކުން ފެނިފައިވާ ކަމަށާއި އަދި އިންސާނުންގެ ގަޔަށް މި ރޯގާ ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން ރޯގާ ފެނިފައިވާ ފާމުން 70،000 ކުކުޅު މަރަން ނިންމާފައިވާ ކަމަށާއި އިތުރު ފާމްތަކުގައި ޓެސްޓް ކުރުންތައް މިހާރު ކުރިޔަށް ގެންދާ ކަމަށްވެސް އެޤައުމުގެ މީޑިޔާތަކުން ރިޕޯޓް ކުރެއެވެ. މިދިޔަ ހަފްތާގައި ޓާކީ ފާމަކުން، ދޫނި ރޯގާ ފެނިގެން 16،000 އަށްވުރެ ގިނަ ޓާކީ ޖަރުމަނުގައި ވަނީ މަރާލާފައެވެ.

މީގެ އިތުރުން ބެލްޖިއަމް، އިނގެރޭސި ވިލާ ޑެންމާކް، އަދި ފްރާންސްގައި ދޫނި ރޯގާގެ ކޭސްތައް މިދިޔަ ހަފްތާގައި ވަނީ ރިޕޯޓް ކޮށްފައެވެ. ޑެންމާކްގައި މިދިޔަ ހަފްތާގައު 25،000 ކުކުޅު ދޫނި ރޯގާ ޖެހޭ ކަމަށް ޝައްކު ކުރެވިގެންވަނީ މަރާލާފައެވެ.

ދޫނި ރޯގާއަކީ ދޫނީގެ ޒަރިއްޔާއިން އިންސާނުންގެ ގަޔަށް އަރާ ބައްޔަކަށް ވީނަމަވެސް، މިހާތަނަށް ދޫނި ރޯގާގެ ބޮޑު ކްލަސްޓަރއެއް ނެތްކަން ފާހަގަ ކޮށްލެވެއެވެ. ދޫނި ރޯގާ ފުރަތަމަ ފެނިފައިފައިވަނީ ރަޝިޔާއިންނެވެ، މި ރޯގާއަށް ވެކްސިނެއް މީގެ ކުރިންވަނީ އުފައްދާ ބޭނުން ކުރަން ފަށާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!