ވިޔަފާރި

ކުކުޅު ފިހާރަ އަހަރު ނިންމާ ޕްރޮމޯޝަން: މި ހަފްތާގެ ނަސީބުވެރިޔަކަށް މަރީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުކުޅު ފިހާރައިން ކުރިއަށް ގެންދަމުންދާ "އިޔާ އެންޑް ޕްރޮމޯޝަން" ގެ ދެވަނަ ހަފްތާގެ ނަސީބުވެރިއަކަށް މަރިޔަމް އިބުރާހިމް ހޮވިއްޖެ އެވެ.

Ads by STELCO

މި ޑިސެންބަރު މަހުގެ 30 ވަނަ ދުވަހުގެ ގެ ނިޔަލަށް ކުރިއަށްދާ "2020" ނިންމާ ޕްރޮމޯޝަން ގައި ބައިވެރިވުމަށް ކުކުޅު ފިހާރައިގެ ޕޭޖާގައި "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާ ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގެ ފަރާތުން ކޮންމެ ހަފްތާއެއްގެ ވެސް ނަސީބުވެރިއެއް ފަރާތަކަށް އިނާމަކަށް ގަސް އިންދުމަށް ބޭނުންވާ ސާމާނުގެ "ގިފްޓް ޕެކެއް" ލިބޭނެ އެވެ.

ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ އެ ފިހާރައިން އަންނަނީ އަބަދުވެސް ކަސްޓަމަރުންނަށް އަމާޒުކޮށް، ތަފާތު އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ.

ކުކުޅު ފިހާރައަކީ ގިނަ އަދަދެއްގެ ފިނި ކުރި ސާމާނު އެންމެ އަގު ހެޔޮކޮށް ވިއްކަމުން އަންނަ ފިހާރަ އެވެ. އެ ފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ މީހުންނަށް ކުކުޅު ހިލޭ ކޮށައި ދިނުމާއި ހިލޭ ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެެވެ.

ކުކުޅު ފިހާރައިން ނިމުނު މަހު ވަނީ ގަސް އިންދުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަން ފަށައިފައެވެ. މިކަމާއި ގުޅޭ ގޮތުން ކުކުޅު ފިހާރައިން ބުނީ ، މިކަމަކީ ކުކުޅު ފިހާރައިގެ އީމޯލްއިން އެ އިރެއްގައި އެންމެ ޑިމާންޑް ބޮޑު އެއްޗެއް ލިބުމުގެ މަގު ފަހި ކޮށްދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ.

"ކުކުޅު ފިހާރަ"އިގެ ހަ ތަނެއް ހުރެއެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގައެވެ. ކުކުޅު ފިހާރަ 3 ހުންނަނީ ހެންވާރު ކަލާފާނު ހިނގުމުގަ އެވެ. 4 ވަނަ ފިހާރަ އއ. ތޮއްޑޫގައި ހުންނައިރު 5 ވަނަ ފިހާރަ ހުންނަނީ އައްޑޫ ސިޓީ ހިތަދޫ ގައެވެ. މީގެއިތުރުން "ކުކުޅު ފިހާރަ"އިގެ ހަ ވަނަ ފިހާރަ ހުންނާނީ ރ. މަޑުއްވަރީ ގައެވެ.

ޑެލިވަރީ ކުރަން ހުޅުމާލެ އިން ނަމަ 9666575 އަށް، މާލެއިން 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!