ޚަބަރު

"ޤުރުއާން އަޑުއިވުމުން ޝައިތާނާއަށް އުނދަގޫވާނެ"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ޤުރުއާނާއި މާނަ ނުކިޔުމަށް އެދުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އަލީ ރަމީޒު ނުސީދާ ރައްދެއް ދެއްވައިފިއެވެ.

Ads by Sosun Fihaara

މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ދައްކަވާއިރު ކީރިތި ޤުރުއާނުގެ އާޔަތްތަކާއި މާނަ ނުކިޔުމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު އެދިވަޑައިގަތީ ގުރްއާން ވިދާޅުވެ މާނަ ވިދާޅުވުމުން އޭގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެއެވެ.

އެކަމަށް ނުސީދާކޮށް ރައްދު ދެއްވަމުން އަލީ ރަމީޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ "ޤުރުއާން އަޑުއިވުމުން ޝައިތާނާއަށް އުނދަގޫވާނެ" ކަމަށެވެ.

ރައީސް ނަޝީދު މަޖިލީހުގައި އެފަދައިން އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބަހުސް ކުރައްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން ހުއްޓުވުމަށް ފަހުގައެވެ.

"އަޅުގަނޑު ޤުރުއާން ހިތުދަހެއް ނޫން. އެހެންވީމާ އަޅުގަނޑު މިތަނުގައި ރިޔާސަތުގައި އިނދެ، އިއްޒަތްތެރި މެމްބަރުން ޤުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ދާއިރުގައި، އަޅުގަނޑަށް އޭގެ ކަށަވަރުކަން ސައްޙަ ކުރެވޭނެ ގޮތެއް ނޯވޭ. އަޅުގަނޑު ރިޔާސަތުގައި އިނދެ އަޅުގަޑަށް ކަށަވަރު ކޮށްދެވޭކަށް ނޯވޭ، އިއްޒަތްތެރި މެމްބަރުން، މިތަނުގެ ޝޭހުން މަދު ދީނީ އިލްމުވެރިންނެއް ނޫން އިއްޒަތްތެރި މެމްބަރުންނަކީ. އެހެންވީމަ އެ މަގަށް ވާހަކަ ގެންދަވާތީ މިހެން މިދެންނެވީ. " މެންބަރު ސަލީމް ހުއްޓުވުމަށްފަހު ނަޝީދު ވިދާޅުވިއެވެ.

Ads by HDC
  1. މުޙަންމަދު

    ޢަލީ ރަމީޒުއެއްކަމަކު އެބުނީ ތެދެއް.

    • ބޮޓް

      ސަބަބު ވަސް އެއޮތީ ބުނެފަ ދޯ

      • މޯލްޑިވިއާނޯ އިޓަލިއާނޯ

        މާނަ ނޭނގުމަކީ ޤުރުއާން ނުކިޔެވުމަށް އޮތް ހުއްޖަތެއް ނޫން.

      • ކިޔާމީހަ

        ާއެއީސަބަބެއްތަ؟ ހަމަ ލާދީނީ ވީމަ. މިކަހަލަ މީހުން ތަންތަނަށް ލީމަ ވާނީ މިހެން

    • ދަރޭ

      ބައެއް ދިވެހިން ހާދަ ތަފާތޭ
      ނަޝީފު އެ ކުރީ އެއްވެސް ހައިސިްޔަތަކުން ބުނެގެންވާނެ އެއްެްްޗެއް ނޫން
      މިއީ އިސްލާމީ ގައުމެއް
      މަޖިލީހަކީ އިސްލާމީ މަޖިލީހެއް
      އެތާ އުފުލެންވާނީ ވެސް ެެއިސްލާމީ ޝިއާރު
      އެތަނަށް ގުރުއާން ނުދަންނަ މީހަކު ވައްދައިގެން ވެސް ނުވާނެ

      މިއީ އަލަށް ހިންގާ މަޖިލީހެއް ނޫން
      އަހަރެމެން ވެސް އުޅުނު ތަން
      ފާއިތުމިވީ ދިގު މާޒީގައި މަޖިލީހުގެ އެއްވެސް ރައީސަކު އެއްވެސް މަޖިލީހެއްގައި ތިޔަ ފަދަ ނާތަހުޒީބު ބަސް ގުރުއާނާއި ދީނާ މެދު ނުބުނޭ
      ވީއިރު ތިޔައި ނަޝީދަކީ ތީ ކާކު އަދި
      ޅަޅަ ސޮރެއް މާ އެނގޭ މީހަކަށް ވެގެން
      ދިވެހިން ވިސްނަބަލަ ބޮލުން
      މި ގައުމު މި އޮއްގެން ހަލާކުވަނީއޭ
      މި މީހުންގެ ފުށުން މިތަން ސަލާމަތްކުރަން ހިނދެމިލައި އަތުގުޅައިގެން ތެދުވާކަށް ނުވޭތަ އަދިވެސ

  2. ށަވިއަނި

    ނޭގޭނަމަ އެގޭމީހަކާ ހަވާލު ކުރޭ

  3. އަހުމަދު

    އިޓަލީ ބަސް އޭނަޔައް އެނގޭބާ؟

  4. ޢެގުރާތު

    މިކަމުގަ ނަސީދު ބުނީކީ ގޯސްވާހަކައެއްނޫން. ސަބަބަކީ މާދަމާވެސް ޖާބިރު އެތާހުރެފަ މާ ދެން ލާނެއް ޒުވާނަކުހެން ކޮންމެވެސް އާޔަތެއްގެ މެދުން ފަށާފަ ނިންމަންވެސް ނޭނގި މާނަ ހިތައްއެރި ގޮތަކަށް ކިޔާފާނެ. ތިޔަ މަޖުލިހުގަ މިވަގުތު އިނީ މިކަމުގައި ގުރުއާނުގެ ނައްސު ނޭގޭ މާނަ ނޭގޭ މީހަކު ކަމަށްވާނަމަ މިކަން ހުއްޓުވާނީ ނުވަތަ ރަނގަޅު ކޮށްލަދޭނީކާކު.

    • ާަެައާދަނު

      މަޖިލީހުގެ ރައީސް އިޓަލީ ބަސް ކާގެން ދެއްތޯ ހުންނެވީ. މިހާރު ތިޔަ ގޮވެނީ އަައުގުރާނަ އެއް، ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމާ ފެންނާނީ އެ ބޭފުޅަ ވިދާޅުވި ކަހަލަ އެއްޗުއް،

  5. ީއިގެން ޖެހޭ

    ޤުރުއާން ގަ އޮންނާނެ މާނަ އެގެން ވާނެ ކަންމަށް ކިޔާ މީހާ އަށް

  6. މަޑުކަށި

    ދިވެހިި ތަރުޖަމާ އާއިި އިނގިރޭސިި ތަރުޖަމާާ ވެސްް ތަފާތުު، އައްޔަަ އެޑްވާންޓޭޖްް ނަގަންް ފުރުސަތުު ހޯދާލީމަަ އަޖައިބުު ހީވޭ. ގައިމުު ގަމާރުންނަށްވެސްް އެބުނިި އެތިި ކީއްވެގެންް ކަންް އޭގެެ ނިޔަތްް ވެސސ ފަހުމްވޭޭ. ސަލަފުންނަށްް މަހީކުރީީ މާބޮޑަށްް ފަހުމްް ވާނެކަމަށްް

  7. ހާމިދު ޝާހިދު

    މި ނަޝީދަށް މަރުދަން ޖެހޭ އެމްޑީޕީ މީހުން އަދިވެސް ތިބޭ އަތްޖަހަން. ވަކިން ހާއްސަކޮށް ސިޔާސީ ޕާޓްނަރު އިބޫ ސޯލިހު ހުރޭ ހެވިފައި ދެމިޔަ ކަނުން ޗޯ ބަލަން. މި މުސީބާތުގެ ދަނޑިވަޅުގައިވެސް ދުލުން އެއްޗެއް ބޭރު ކުރާއިރު ވިސްނާލުމެއް ކަމެއްވެސް ނޯވޭ. ނަޝީދާއި އިބޫ ބާލާ….!

    • އަރީފު

      މިގައުމުގައި ޖީލެއް ލަވަޔާއި މިއުޒިކައް ވައްޓާލައިގެން އުޅުނު މީހާ މިހާރު ހުރީ ގުރުއާން ހިތުދަސް ކޮއްފަތަ
      ކޮންމެ ގޮތަކައް މާނަ ނެގިޔަސް މަޖިލީހުގަ ތިބީ ގުރުއާން ހިތުދަސް ކޮއްފަ ތިބި މީހުނެއް ނޫންއެބުނާ ބަހަކީ ސަލީމު ނުބައި ކޮން ކިޔެވިަސް ނޭގޭ ކަހަލަ ޖާހިލުން އެތާގަ ތިބީން ގިނައިން