ޚަބަރު

މީހުން ދިރިއުޅޭ ރަށްރަށަަށްދާ ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތް ހަދަންޖެހޭ: ޝިޔާން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މީހުން ދިރިއުޅޭ ރަށްރަށަަށް ދާ ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލިހުގައި މިއަދު ، ވާހަކަ ދައްކަވަމުން މެންބަރު ޝިޔާން ވިދާޅުވީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި މިހާ ބޮޑަށް ފެތުރިގެންދާއިރު، ރިސޯޓުތަކަށްދާ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ ލިބޭ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އެތެރޭގައި ނުވަތަ ބޭރުގައި ވިޔަސް އެފެސިލިޓީ ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް އެމަނިކުފާނުގެ ސަރަޙައްދުގެ ވަރަށް ގިނަ ފަރާތްތަކުން އެދިފައިވާ ކަމަށެވެ.

"ފަޅުތެރޭގައި ވިޔަސް، ވިލެއްގައި ވިޔަސް، ކަނޑު ތެރޭގައި ވިޔަސް އެޚިދުމަތް މީހުން ދިރިއުޅޭ ފަތުރުވެރިންނަށް ރަށުން ބޭރުގައި ކުރެވޭނެ އިންތިޒާމު އޮންނަން ޖެހޭ." ޝިޔާނު ވިދާޅުވިއެވެ.

މިހާރު އެޚިދުމަތް ދޭން އުކުޅަސް، ރަސްދޫ އަދި ތޮއްޑޫ އަށްދާ ފަތުރުވެރިން ގެންދަން ޖެހެނީ 45 މިނެޓުގެ ލޯންޗު ދަތުރެއް ކޮށްފައި ރިސޯޓަކަށް ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ.

"އަންނަ ހުރިހާ ފަތުރުވެރިންނަކީ ރާ ބޯ މީހުންނަށް ނުވި ކަމުގައި ވިޔަސް އޭގެ ތެރޭގައި ބޯ ބަޔަކު ތިބޭނެ ދެއްތޯ؟ އެހެންވީމަ އެޚިދުމަތް މިތަންތަނުން ލިބޭނެ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމުގައި ވާތީ އަޅުގަނޑު ބޭނުންވޭ އެކަން އިތުރުކޮށްލަން" ޝިޔާން ވިދާޅުވިއެވެ.

Ads by PNC
  1. ކުޑަކާށި

    މަނިކުފާނު ގޭގަވެސް ހުންނަންޖެހޭނެ ، މިހާރުވެސް ހުންނާނެ ކަމަށްލަފާކުރެވޭ……

  2. ޗަކޮއި ކައިޒީން

    “އަންނަ ހުރިހާ ފަތުރުވެރިންނަކީ ޒިނޭކުރާ މީހުންނަށް ނުވި ކަމުގައިވިޔަސް އޭގެ ތެރޭގައި ޒިނޭ ކުރާ ބަޔަކު ތިބޭނެ ދެއްތޯ؟ އެހެންވީމަ އެޚިދުމަތް މިތަންތަނުން ލިބޭނެ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމުގައި ވާތީ އަޅުގަނޑު ބޭނުންވޭ އެކަން އިތުރުކޮށްލަން”

  3. ރޮލޮ

    ޙަމަ ދިވެހިން ގަމާރީ ތިބުނާ އަލިފެ އެބައުޅޭތަ

  4. ރައްޔިތު މީހާ

    އެހެންވިއްޔާ ސެކްސް ޓޯއީސް ވެސް ރާއްޖެ އެތެރެ ކުރެވެން ޖެހޭނެ.

  5. ކިނބޫ

    މިމީހުން ބޮލަށް ހޮނު ނުފައިބަނީ ﷲގެ ރަހުމަތް ބޮޑުކަމުން.

  6. ގުންޑާ

    ކީއްކުރަން! ދިވެހިންނަށް ވިއްކަން އާންމު ފިހާރަތަކުން ލިބޭގޮތަށް ހުރުން މާރަނގަޅުވާނެ. ކަލެއަކަށް ނޭނގުނެއްނު ރަނގަޅު ގޮތް ކިޔާކަށް.

  7. އަޙްމަދު

    އަޅުގަނޑުމެންނަށް ހީވަނީ ޓުއަރިޒަމް ކުރިޔަށްދާނީ ރަލާ އެކީގައޭ. މިއީ ގޯސް ވިސްނުމެއް. ދިވެހިންގެ ގާތަށް ފަތުރުވެރިން އަންނަނީ ރާބޯކަށެއްނޫން. މި ރީތި ރާއްޖޭގެ ރީތިކަމާ، އަހަރެމެންގެ ދިރިއުޅުމާ ހިތް ހެޔޮކަން ތަޖުރިބާ ކުރަން. ރަލުން އެކަނި ކަމަށް ދެކެންޏާ ޖުވާއާއި، ހަށިވިއްކުމާ، ރީތި އަންހެން ކުދިން ގެންގުޅެންވެސް ޖެހޭ އަދި އަންނަ މީހުންގެ ދީންތަކަށް އުޅެވި އަޅުކަންކުރެވޭ ގޮތް ހަދާދީ ދީނީ ދުވަސްތައްވެސް ފާހަގަ ކޮށްދޭންޖެހޭ. ކީކޭ ބުނާނީ؟؟

  8. ރާއްޖެ

    ރާއްޖެއަށް ފަތުރުވެރިން އަންނަނީ އެމީހުންގެ ގައުމުން ރާބޯން ނުލިބޭތީތަ؟

    • މުޖޭ

      އަސްލުވެސް. އެމީހުންގެ މަޤްޞަދު ވަރަށް ސާފު. އެއުޅެނީ ހަމަ މި މީހުންނަށް ނުބޮވިގެން. ބަލަ މެމްބަރުންނޭ! ދޭބަލަ ރައްޔިތުންގެ ރުފިޔާއިން ބޮޑު މުސާރަ ނަގައިގެން ރިސޯޓް ތަކަށް ބޭނުންވަރަކަށް ރާބޯން.

  9. ާއަލީ

    ބޭފުޅާ ލޯކަލް ޓޫރިޒަމް އޮޅުވާ ނުލައްވާ. ރާ ބޯން ދޭކަށެއް ނުޖެހޭނެ. އެގޮތް ބޭނުންވާތީ ރަށައް އަންނަނީ

  10. ާރައްޔިތުމީހާ

    އަވަހަށް ތައުބާވެ ﷲ ސުބުހާނަހޫ ވަތަަޢާލާގެ މަގަށް ރުޖޫޢުވޭ ! އޭރުން ފަލާހާއި ކާމިޔާބު ލިބުން ވަނީ .ތިޔަ ލިބިފައިވާ މަގާމާއި މަޝްހޫރު ކަމަކީ ވަގުތީ ކަމެއް ތިބާ ހެއްެދެވި ފަރާތް މަތިން ހަނދާންކުރޭ! ތިޔަ ދަޢުވަތު ދެވެނީ މީހުންގެ މަަގުފުރެއްދުން ފަަސޭހަވާނެ މަގަކަށް.