ކުޅިވަރު

ޕޮޕޯވް ގެ ތަޢުރީފު ދަގަނޑޭ އަށް: ޔޫރަޕަށް އުފަންވިނަމަ އެއީ ތާރީޚުގައި އުފެދޭނެ މޮޅު ކުޅުންތެރިއެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލުގައި ވާދަކޮށް ކާމިޔާބު ހޯދި އަލީ އަޝްފާގު (ދަގަނޑޭ) އަށް، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުރީގެ ކޯޗު ވެލިޒާ ޕޮޕޯވް ތަޢުރީފުކޮށް ވާހަކަ ދައްކައިފިއެވެ.

Ads by Sosun Fihaara

އޭއެފްސީން ހާމަ ކޮށްފައިވާ ގޮތުގައި ކުއާޓާއާއި ސެމީފައިނަލުގައި އަޝްފާގަށް ލައްކައިން ވޯޓު ލިބިފައިވެއެވެ.

ބިދޭސީ ކޯޗުންގެ ތެރެއިން މިހާތަނަށް އެންމެ ބޮޮޑަށް ދަގަނޑޭއަށް ތައުރީފުކޮށް ވޯޓުގެ ކަންކަމުގައި ބައިވެރިވެފައި ވަނީ ހަމައެކަނި ޕޮޕޯވް އެވެ.

ދަގަނޑޭ ޖަހާފައިވާ ގޯލުތަކުގެ ތެރެއިން އޭއެފްސީ ބްރެކެޓް ޗެލެންޖުގައި ހިމަނާފައި ވަނީ ނިއުގެ ކޯޗުގެ ގޮތުގައި ޕޮޕޯވް މަސައްކަތްކުރި އިރު ކާމިޔާބު ކޮށްފައިވާ ގޯލެކެވެ.

ދަގަނޑޭއާ ބެހޭގޮތުން ޕޮޕޯވްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ހުނަރު ދަގަނޑޭގެ ކިބައިގައި ފެންނަން އެބަހުރި ކަމަށެވެ. އަދި ދަގަނޑޭ ޔޫރަޕަށް ނުވަތަ ދެކުނު އެމެރިކާގެ ޤައުމަކަށް އުފަންވިނަމަ ފުޓްބޯޅައިގެ ވަރުގަދަ ޓީމުތަކަށް ކުޅުމުގެ ފުރުސަތު ވެސް ލިބުނީސް ކަމަށް ޕޮޕޯވް ބުނެފައި ވެއެވެ.

މީގެ އިތުރުން ޕޮޕޯވް ބުނެފައި ވަނީ، ޔޫރަޕުގައި އެ ފެންވަރުގައި ދަގަނޑޭ ކުޅެފިނަމަ ޝައްކެއް ވެސް ނެތް ގޮތުގައި އޭނާ ވެގެން ދާނީ މި ފަހުގެ ތާރީހުގައި ދުށް މޮޅެތި ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން ކަމަށެވެ.

އޭއެފްސީ ކަޕުގައި ދަގަނޑޭ ޖެހި ގޯލާ ގުޅޭ ގޮޮތުން ޕޮޕޯވް ބުނީ އެއީ ތާރީހުގައިވެސް ޖެހި އެންމެ ފުރިހަމަ ގޯލު ކަމަށާއި ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި ވެސް ދިވެއްސަކު ޖެހި އެންމެ ރީތި ގޯލަށް އެ ގޯލު ވެގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!