ކުޅިވަރު

"ދެން" މެދުވެރިކޮށް 30 ހާހަށްވުރެ ގިނަ މީހުން ދަގަނޑޭއަށް ވޯޓްލި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީއިން ކުރިއަށް ގެންދިޔަ ، އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލް ހޮވާ މުބާރާތުގައި “އޭއެފްސީ ބްރެކެޓް ޗެލެންޖު”ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)އަށް ވޯޓް ލުމަށް، "ދެން" އިން އުފެއްދި ލިންކް މެދުވެރިކޮށް 30،000 އަށްވުރެ ގިނަ މީހުން ވޯޓްލިއެވެ.

"ދެން" ގެ އޮފިޝަލަކު ވިދާޅުވީ، އިއްޔެގެ ނިޔަލަށް، "ދެން" އިން އުފެއްދި ލިންކަށް 30،234 މީހަކު ވަދެފައިވާ ކަމަށެވެ. އަދި އެއް ޔޫޒާއެއް އެތައް ފަހަރަކު ލިންކަށް ވަދެ ވޯޓް ލިކަން ފާހަގަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ލިންކް މެދުވެރިކޮށް ލައްކައަކަށްވުރެ ގިނަ ވޯޓް، 30 ހާހަށްވުރެ ގިނަ ޑިވައިސް ބޭނުން ކޮށްގެން ވަނީ ލާފައި." އޮފިޝަލް ވިދާޅުވިއެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލުގެ ވޯޓުލުމުގެ ސުންގަޑި ހަމަވެފައި ވަނީ އިއްޔެ މެންދުރު 01:00 އަށެވެ. ސުންގަޑި ހަމަވިއިރު ފައިނަލްގައި ދަގަނޑޭ އަށް ލިބުނީ 81.14 އިންސައްތަ ވޯޓެވެ. އާބާދީ ބޮޑު ހޮންގް ކޮންގްގެ ކުޅުންތެރިޔާއަށް ލިބުނީ އެންމެ 10.86 އިންސައްތަ ވޯޓެވެ.

"ދެން" އިން ބުނެފައި ވަނީ މިފަދަ ޤައުމީ ކަމެއްގައި ބައިވެރިވެވުމަކީ ލިބުނު ފަޚްރެއް ކަމަށާއި ކުރިޔަށް އޮތްތާންގައި ވެސް މިފަދަ ކަންކަމުގައި ވެވެން އޮތް އެންމެ ފުރިހަމައަކަށް "ދެން" އިން އެހީވާނެ ކަމަށެވެ.

"ވޯޓް ލާނެ ލިންކް ނުފެނިގެން ވަރަށް ގިނަ މީހުން ކުރިން އުޅުނު. އެހެންވެ، އަޅުގަނޑުމެން އިސްވެ ކުރިކަމެއް މިއީ. ﷲ ގެ އިރާދަފުޅާއެކު މިފަދަ އިތުރު ކަންކަން އަދި އަންނާނެ." އޮފިޝަލް ވިދާޅުވިއެވެ.

"ދެން" އަކީ މިހާރު ރާއްޖޭގައި 5 ވަނަ އަށް އެންމެ ގިނަ މީހުން ވަންނަ ނޫހެވެ. "ދެން" ގެ ސައިޓްގައި އިޝްތިހާރު ކުރަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު، އެފަރާތުގެ ފޭސްބުކް ނުވަތަ ޓްވިޓަރ އެކައުންޓަށް މެސެޖު ކޮށްލުމުން ލިބޭނެ ކަމަށް އެފަރާތުން ބުނެއެވެ.

  1. އަސްލު

    އެއްމީހަކަށް އެއްފަހަރަށްވުރެ ގިނަފަހަރު ވޯޓް ލެވޭނެތަ؟ އެވޯޓްތައް ކައުންޓް ކުރާނެތަ؟