ހަގީގީ ހާދިސާ ދީން

ހަގީގީ ހާދިސާ: ހައިރާން ކުރުވަނިވި ކަންތައްތަކެއް ފެނުނު މަރުވެފައިވާ ހަށިގަނޑެއްގެ ވާހަކަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ މަރުވާ މުސްލިމު ފިރިހެނުންގެ ހަށިގަނޑު ދޮވެ ހިނެވުމުގެ މަސައްކަތް ކުރި ސޫދާންގެ މުސްލިމު އަޚަކު ހިއްސާ ކޮށްފައިވާ ވާހަކައެކެވެ.

Ads by STELCO

"އަހަންނަކީ މަރުވެފައިވާ ފިރިހެނުންގެ ހަށިގަނޑު ދޮވެ ހިނެވުމުގެ މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އެކަމުގައި އަހަންނާއެކު އިތުރު ތިން މީހަކު ވެސް ބައިވެރިވިއެވެ.

އެގޮތުން އެއްދުވަހަކު ގެނެވުނު ހަށިގަނޑެކެވެ. ހަށިގަނޑު ބާއްވާފައި އޮތް ކޮޓަރި ތެރެއަށް އަހަރެން ވަތްއިރު ފެނުނީ އެމީހާގެ އާއިލާ މީހުން ރޯ މަންޒަރެވެ. އެމީހާގެ ހަށިގަނޑު އެއިރު އޮތީ ސަންދޯކެއް ކަހަލަ ދިގު ފޮއްޓަކަށް ލާފައެވެ.

ހިނެވުމުގެ މަސައްކަތް ފެށުމަށްޓަކައި ކޮޓަރިން ބޭރަށް ނިކުތުމަށް އަހަރެން އެމީހުންނަށް އިޝާރާތް ކޮށްލީމެވެ. އެމީހުން ބޭރަށް ދިޔުމުން އަހަންނާއި ދެން ތިބި ތިން މީހުން، މަރުވެފައިވާ މީހާގެ ހަށިގަނޑު ހިނެވުމަށް ތައްޔާރުވާން ފެށީމެވެ.

ހަށިގަނޑު ހިނެވުމަށް ޓަކައި ފޮށީގެ މަތިގަނޑު ހުޅުވާލީމެވެ. އެވަގުތު އެ ފޮށީގެ ތެރެއިން ދުވީ އޭގެ ކުރިން ދުވަހަކު ވެސް އަހަރެންގެ ނޭފަތުގައި ޖެހިފައި ނުވާފަދަ ނުބައި ވަހެކެވެ. އޭނާ މަރުވިތާ ގިނަ ވަގުތުތަކެއް ނުވި ކަމުގައި ވިޔަސް، ދުވަން ފެށި ވަހުން ހީވަނީ އޭނާ މަރުވެގެން ވަރަށް ދުވަސްވެ ހަށިގަނޑު ކުނިވެ ފުޅަ ޖަހާފައި ވާހެންނެވެ.

އަހަންނާއެކު ދެން ތިބި ތިން މީހުން ގާތު އޭނާގެ ހަށިގަނޑު ފޮށީ ތެރެއިން ނަގާ، އެތަނުގައި ހުރި ދިގު މޭޒު މަތީގައި ބޭއްވުމަށް ބުނެ އަހަރެން ދިޔައީ އޭނާ ހިނެވުމަށް ފެން ބަލައެވެ.

އެވަގުތު އެތަނުގައި އާދަޔާ ޚިލާފު އެހެން ކަމެއް ވެސް ވިއެވެ. އެމީހާގެ ހަށިގަނޑު ބަރުކަމުން އެމީހުންނަށް އެހަށިގަނޑެއް ނުނެގުނެވެ. އަހަރެން ހައިރާންވިއެވެ. މަރުވެފައިވާ މީހާ އަކީ ވަރަށް ވެސް ހިކިކޮށް އޮތް މީހެކެވެ. އެހެން ކަމުން އޭނާ އެހާ ބަރު ވާންވީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ. އެމީހާއަށް ވުރެ ހަށިގަނޑުން މާބިޔަ މީހުންގެ ހަށިތައް ވެސް އަހަރުމެން ވަނީ އެއްވެސް އުނދަގުލަކާ ނުލާ ނަގައިގެން ދޮވެފައެވެ.

އިތުރު މީހުންގެ އެހީއާއެކު އަހަރުމެން އެހަށިގަނޑު ނަގާ މޭޒުމަތީގައި ބޭއްވީމެވެ. އަދި ހިނެވުމުގެ މަސައްކަތް ފެށީމެވެ. އޭނާގެ ގައިގެ ހަންގަނޑު ފެނިފައި އަހަންނަށް އަނެއްކާ ވެސް އެހެން ކަމެއް ފާހަގަވިއެވެ. ދިރިހުރިއިރު އޭނާއަކީ ގައިގެ ހަމުގެ ކުލަ ދޮން މީހެއްކަން އަހަންނަށް ވަނީ އެނގިފައެވެ. ނަމަވެސް މަރުވުމަށްފަހު އޭނާގެ މޫނުމަތި ހުރީ ވަރަށް ބޮޑަށް އަނދިރި ކޮށެވެ. އެއީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ. އެހަށިގަނޑުން ދުވި ނުބައި ވަހާއި އާދަޔާ ޚިލާފަށް ބަރުވުމުގެ އިތުރުން އޭނާގެ މޫނުމަތި އަނދިރިވެފައި ހުރުމުން އަހަންނާއި އަހަންނާއެކު މަސައްކަތް ކުރި މީހުން ވެސް ހައިރާންވިއެވެ. ހިނަވާ ނިމުމުން އޭގެން އެކަކު އަަހަރެން ކައިރިއަށް އައިސް އެއްސެވެ. "އެއީ ކިހިނެއް ވެފައިވާ ހަށިގަނޑެއް ހެއްޔެވެ؟" ޖަވާބުގައި އަހަރެން ބުނީ ނޭނގޭ ކަމަށެވެ.

ހިނަވާ ނިމިގެން އެކޮޓަރިން ނިކުތްއިރު އަހަންނަށް އެމީހާގެ އާއިލާ މީހުން އެތަނުގައި މަޑުކޮށްގެން ތިއްބާ ފެނުނެވެ. އެމީހާގެ ހަށިގަނޑުގެ އަޖައިބުކަމާއި އެމީހާ ދުނިޔޭގައި އުޅުނު ގޮތާބެހޭ ގޮތުން އަހަރެން އޮޅުން ފިލުވަން ބޭނުންވިއެވެ. އެހެންކަމުން އޭގެން އެކަކު ގާތު އަހަރެން އެވާހަކަ އެހީމެވެ. އޭނާގެ އާއިލާ މީހާ ދިން ޖަވާބު އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ.

އާއިލާ މީހާ ބުންޏެވެ. އެފިރިހެން މީހާ ދުވަހަކު ވެސް ނަމާދެއް ނުކުރެއެވެ."

  1. ދިވެއްސެއް

    މަރުވެފައިވާމީހުންގެފަރާތުންފެންނަނުރަގަޅުވާހަކަ ދެއްކުމީއެދެވިގެންވާޖަމެއްނޫނެވެ.

    • ޙުސޭނު

      ރަނގަޅ ވާހަކައެއް، އެހެންނަމަވެސްް އޭގެންް އެހާސިލްްވީީ އިބްރަތްް ބަލާށެވެެ.