ޚަބަރު

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by STELCO

ޑިފެންސް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ޑިސެމްބަރު 20ގެ ނިޔަލަށް 18 އަހަރު ފުރި، 25 އަހަރު ނުފުރޭ މީހުން ސިފައިންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުގެ އިއުލާނުގައިވާ ގޮތުން، ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި ފިރިހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓް 5 އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓް 3 އިންޗި ހުރުމާއެކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

އަދި އެ ވަޒީފާ އަށް ކުރިމަތިލާ ފަރާތަކީ ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރި ނުވަތަ އެފެންވަރު ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް ފަރާތަކަށް ވާންޖެހެ ކަމަށާއި، ސިފައިންގެ ވަޒީފާ އަދާ ކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކަށް ވާން ޖެހެއެވެ.

ޑިފެންސް މިނިސްޓްރީ އިން ބުނެފައިވަނީ ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މި ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއުއަށް ވެސް ބަލާނެ ކަމަށެވެ. އަދި ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް އަދި އެޕްޓިޓިއުޓް ޓެސްޓުން ހޯދާ ނަތީޖާއަށް ބަލާނެ ކަމަށެވެ.

މި ވަޒީފާ އަށް އެދޭފޯމު އެމްއެންޑީއެފްގެ ވެބްސައިޓުންނާއި ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ. މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އީ-މެއިލް މެދުވެރިކޮށް، އަދި އެމީހަކު އިންޓަވިއުއަށް ހާޒިރުވާން ބޭނުންވާ އޭރިއާއަކުން ފޯމް ބަލައިގަންނަން ކަނޑައަޅާފައިވާ މަރުކަޒުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!