ހަތެއް ފެބްރުއަރީއާ ގުޅުވައި، ފުލުހުން ތަކެއް ވަކިކުރަނީ
ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވެރިކަން ވައްޓާލާފައިވާކަމާއި ގުޅުވައި، ފުލުހުންތަކެއް ވަކި ކުރަން އުޅޭކަމަށް ތުހުމަތު ކޮށްފިއެވެ.
އޭރުގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ފެބްރުއަރީ 7 ގައި ނިމުމަކަށް އައިސްފައި ވެއެވެ. ރައީސްގެ މަގާމުން ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި ވަނީ ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހުއެވެ.
މިކަމާއި ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ ހަތެއް ފެބްރުއަރީި އަކީ މާޒީއެއް ކަމަށެވެ. އަދި އެ ހާދިސާއިން ގިނަ ފިލާވަޅުތަކެއް ފުލުހުން ވަނީ ހޯދާފައި ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް ނިކުމެ ފުލުހުން ބަޣާވާތެއް ނުކުރައްވާނެ ކަމަށް ވެސް ަހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން ހަމީދު ވިދާޅުވެފައި ވަނީ ސަރުކާރު ވައްޓާލަން މިހާރު އޮތް ފުލުހުންގެ މުއައްސަސާއިން ނުނިކުންނާނެ ކަމުގެ ފުރިހަމަަ ޔަގީންކަން އެބައޮތް ކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް ވެސް ދެއްވާ ކަމަަށެވެ.
މަޖިލީހުގައި މަސައްކަތް ކުރެވުމުންދާ ދިވެހި ފުލުހުންގެ ބިލަށް ފުލުހުންގެ ކޮމިޝަންޑް އޮފިސަރުން، ގާނޫނުގެ ޒަރިއްޔާއިން ވަކި ކުރާ ގޮތަށް އިސްލާހެއް ހުށަހަޅަން އުޅޭ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް ވަނީ މިއަދު ޓްވީޓް ކޮށްފައެވެ.
މި އިސްލާހަށް ތާއިދު ނުކުރާނެ ކަމަށް ޝަރީފް ބުނުމުން ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ނުރުހުން ފާޅުކޮށް ދެ މެންބަރުންގެ މެދުގައި ޒުވާބު ހިނގުމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ރަސްމީކޮށް ފެށުމުގެ ކުރިން މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވަނީ ނެރެފައެވެ.
"ދެ މެންބަރެއްގެ މެދުގައި ހިލާފު އުފެދި. ބަޣާވާތާ ގުޅޭގޮތުން. އެ ހިޔާލު ތަފާތުވުމުގައި ޖޯޝުގައި ޖެހި އުފެދިގެން ދިއައީ. އަޅުގަނޑަށް ޖެހުނީ މެންބަރެއްގެ ނަން އިއްވަން،" ނަޝީދު ވިދާޅުވިއެވެ.
ފުލުހުންގެ ގާނޫނު އިސްލާހު ކުރަން ހުށައަޅާފައި ވަނީ ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށެވެ.
ވަކިކުރާ މީހާއައް އޭނާގެ ޢާއިލާ ހިމެނޭ ގޮތަށް މަގޭވެރިކަމެއްގައި ވަޒީފާ ދޭނަން.