ލައިފްސްޓައިލް

މި ކަސްރަތު ކޮށްލުމުން އެންމެ 10 މިނެޓު ތެރޭގައި ބަނޑު ހިންދާލާ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބަނޑު ހިންދުމަށް ގިނަ ބަޔަކު މަސައްކަތް ކުރާ ކަމީ މިހާރު ވެސް އަޅުގަނޑުމެން އެންމެން ދިރިއުޅޭ މި މާލޭގެ ބޭރު މަގުގައި ހެނދުނު ދުވަން ނިކުމެ އުޅޭ މީހުންގެ އަދަދަށް ބަލާލުމުން ވެސް ޔަގީންވާ ކަމެކެވެ.

Ads by MWSC

އެހެންނަމަވެސް ދާދި ފަހުން ހޯދ ދިރާސާއަކުން، ވަނީ އެންމެ 10 މިނެޓު ތެރޭގައި މީގެ އަސަރު ދައްކުވައިދޭ ކަސްރަތެއް ހޯދާފައެވެ. ގިނަ ބަޔަކު މި ކަސްރަތު ކުރުމުން ބަނޑު ހިނދޭ ކަމަށް ބުނާ ވާހަކަ ވަނީ ސަމާސާ ގޮތަކަށް ނަގާފައެވެ. އެހެން ނަމަވެސް މިކަން ވަނީ ދާދި ފަހަކުން ކުރ ދިރާާސާއަކުން ސާބިތުވެފައެވެ. މި ދިރާސާ ކޮށްފައި ވަނީ އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ ގީތާ ޝަރުމާއެވެ.

ކަސްރަތު ކުރާނެ ގޮތް

މި ކަސްރަތު ކުރުމަށް ޓަކައި މާބޮޑު މަސައްކަތް ތަކެއް ވެސް ކުރާކަށް ނުޖެހެއެވެ. ޖެހޭނީ ހަމައެކަނި 10 މިނެޓު ވަންދެން އިށީނދެގެން އިނދެ ކުރާ ކަމެއް ކުރާށެވެ. އެންމެ ފުރަތަމަ ދެފައި ވަށްކޮށް ބިންމަތީގައި އިށީންނާށެވެ. އެއަށް ފަހު ބަނޑުގައި އަތް އަޅާލާށެވެ. ބަނޑުގައި އަތް އެޅުމަށް ފަހު، އެންމެ ފުރަތަމަ ނޭވާ އެތެރެއަށް ދަމާލާށެވެ. އަދި ބަނޑު އެއްކޮށް ފަތުރާލާށެވެ. ދެން އެއަށްފަހުގައި ނޭވާ މަޑުމަޑުން ބޭރުކުރަމުން ގެންދާށެވެ. އަދި މިހެން ނޭވާ ބޭރު ކުރަމުން ގެންދާއިރުގައި، ބަނޑު ވީހާވެސް ބޮޑަށް ހިންދާލާށެވެ. އަދި މި ކަސްރަތު ކުރާއިރު މައިބަދަ ސީދަލަށް ބެހެއްޓުމަށް ޑޮކްޓަރު ވަނީ އިލްތިމާސް ކޮށްފައެވެ. މިފަދައިން 10 މިނެޓު ވަންދެން ކަންތައް ކޮށްލާށެވެ. ހަގީގަތުގައި ވެސް މީގެ އަސަރު އެންމެ 10 މިނެޓުން ފެނިގެން ދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!