ޚަބަރު

ރައީސް ޔާމީންގެ ޝަރީޢަތް އާދީއްތަ ދުވަހު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ އިބްތިދާއީ އަޑުއެހުން އާދީއްތަ ދުވަހަށް ތާވަލު ކޮށްފިއެވެ.

Ads by Sosun Fihaara

ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުން އަދި މަނީ ލޯންޑްރިިންގެ ކުށުގެ ދައުވާއާއި ގުޅިގެން އިބްތިދާއީ އަޑުއެހުން ތާވަލު ކޮށްފައި ވަނީ އާދީއްތަ ދުވަހުގެ 14:00 އަށެވެ.

އެ މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުން ކުރިއަށް ނުގެންދެވުނީ މައްސަލައިގައި ލިބެންޖެހޭ ބައެއް ލިޔެކިޔުން ރައީސް ޔާމީނަށް ލިބިފައި ނުވާތީ އާއި ލިޔެކިޔުން ދިރާސާ ކުރުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

އެއަޑުއެހުމުގައި ގާޒީ ވިދާޅުވީ ދެން ބާއްވާ އަޑުއެހުމެއްގައި ދައުވާ އުފުލައި ދައުވާއަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުން ވެސް ވަނީ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ތާވަލު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!