Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކުންފުންޏަކުން 1.9 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް، ގިނަ ބަޔަކު ހިމެނޭ

ކުންފުންޏަކުން 1.9 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް، ގިނަ ބަޔަކު ހިމެނޭ
ކުންފުންޏަކުން 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއް ބަލަން ފަށައި، އެކަކު ހައްޔަރުކޮށްފިއެވެ. އެކަމެއް ހާމަވެފައިވައި މިވަނީ މިއަދު ކްރިމިނަލް ކޯޓުން އާއްމުކުރި ކޯޓު އަމުރަކުންނެވެ. ކޯޓު އަމުރުގައިވާ ގޮތުން އަމިއްލަ ކުންފުންޏަކުން 1.9 މިލިއަން ރުފިޔާ ނެގި މައްސަލައިގެ ތުހުމަތުގައި 38 އަހަރުގެ ދިވެއްސަކު ހައްޔަރު ކޮށްފައިވެއެވެ. ކޯޓު އަމުރުގައިވާ ގޮތުން އެ ކުށްކުރުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން މި މައްސަލައިގައި ބަންދުކޮށްފައިވާ މީހާ ވަނީ މި  ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އަދި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ދިން ދަބަހެއް ހިފައިގެން އޭނާ ދިރިއުޅޭ ގެޔަަށް ގޮސްފައިވާކަން ސީސީޓީވީ ސްނެޕްޝޮޓްތަކުން އެނގިފައިވާކަން ކޯޓު އަމުރުން އެނގެއެވެ. އެކަމަކު އެއީ ވައްކަންކުރީ ކޮން ކުންފުންޏަކުން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ. މީގެ އިތުރުން ވައްކަން ކުރި ދުވަހު، ވައްކަމުގެ ތުހުމަތު ކުރެވޭ މީހުން ބޭނުންކުރި ސައިކަލު ކުއްޔަށް ނެގުމުގައި ވެސް އޭނާ ބައިވެރިވެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. މި މައްސަލައިގައި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.  

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް